ads
އިތުރުކާފް ޕްރޮގްރާމުގައި އުމަރު ނަސީރު ވާހަކަ ދައްކަނީ
ރިލްވާންގެ މައްސަލާގައި ކުރެވެން ހުރި ކަމެއް ކުރިން:އުމަރު
ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލާގައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިހެން ވިދާޅުވީ ރިލްވާން ގެއްލުވަލިތާ އިއްޔެ އަށް ހަ އަހަރު ވެގެން ގޮސްފައިވާ އިރުވެސް އިންސާފު ލިބިފައި ނުވާތީ އެމައްސަލާގައި އިންސާފު ހޯދުމަށް މާތްﷲގެ ވާގިފުޅާއެކު ކުރެވެން ހުރި ހުރިހާ ކަމެއް ހުއްޓާނުލާއި މި ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރަހީމް މުހައްމަދު ސޯލިހު ވިދާޅުވުމާއި ގުޅިގެންނެވެ.

އުމަރު ވިދާޅުވީ ރިލްވާން ގެ މައްސަލައިގައި ކުރެވެންހުރި ހުރިހާ ކަމެއް އެމަނިކުފާނު ހޯމް މިނިސްޓަރަކަށް ހުންނަވައިގެން ކުރައްވާފައިވާ ކަމަށެވެ. އަދި ދޮގާ އޮޅުވާލުން އެއީ ސިޔާސީ ހަތިޔާރަކަށް ހެދުމުން އިތުބާރު ގެއްލުން ނޫން ކަމެއްނުވި ކަމަށްވެސް އުމަރު ވަނީ ވިދާޅުވެފައެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން ގެއްލުވާލާފައި ވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 8 ވަނަ ދުވަހު އެވެ. މިއަދު ރިލްވާން ގެއްލުވާލިތާ ހަ އަހަރު ފުރިގެންދާއިރު އާއިލާއިން ތިބީ ރިލްވާނަށް އިންސާފު ލިބޭނެ ދުވަހެއްގެ އިންތިޒާރުގަ އެވެ.  

ރިލްވާން ގެއްލުވާލި މައްސަލައިގެ ތަހުގީގު އުމަރު ނަސީރު ހޯމްމިނިސްޓަރަކަށް ހުންނަވައިގެން ފެއްޓެވިއެވެ. އެހެންނަމަވެސް އެތަހުގީގަށް ހުރަސް އެޅުއްވި ކަމަށް އުމަރު އޭރު ތުހުމަތުކުރެއްވިއެވެ.

ރިލަވާންގެ މައްސަލާގައި އިންސާފު ހޯއްދަވައިދެއްވާނެ ކަމަށް މިސަރުކާރުންވެސް އައީ ބުނަމުންނެވެ. އަދި ހާމަކަން ބޮޑު ތަހުގީގެއް ކުރުމަށް ފަހު ރިލްވާނަށް އިންސާފު ހޯދައިދެއްވުމަށް މިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ރައީސް ސޯލިހު ވަނީ ވައުދުވެވަޑައިގެންފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް