ads
ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ ޑިރެކްޓަ ޖެނެރަލް އާދަމް ޝަރީފް
ފާއިތުވި 9 އަހަރުގައި ކައުންސިލްތައް ހިންގީ އެއްވެސް ބާރެއްނެތި
ފާއިތުވެގެންދިޔަ ނުވަ ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ކައުންސިލްތައް ހިންގުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށް ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ ޑިރެކްޓަ ޖެނެރަލް އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
ފާއިތުވެގެންދިޔަ ނުވަ ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ކައުންސިލްތައް ހިންގުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށް ލޯކަލް ގަވަރުމެންޓް އޮތޯރިޓީގެ ޑިރެކްޓަރު ޖެނެރަލް އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށްޓަކައި ގާނޫނަށް ގެނައި ބޮޑު ބަދަލުތަކާއެކު އިއްޔެ މަޖިލީހުން ބިލް ފާސްކޮށްފައިވުމާއި އެކު އެކަމުގެ މައުލޫމާތު ހިއްސާ ކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ 2011 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ރަށްތައް ލާމަރުކަޒީ ކޮށްގެން ހިންގަން ފަށާފައިވާއިރު ފާއިތުވެގެން މިދިޔަ ނުވަ ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ކައުންސިލްތަކުން ވަރަށް ގިނަ ކަންތައްތަކެއް ތަޖުރިބާ ކުރެވި، ތަފާތު އެކި އެކި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނު ކަމަށެވެ.

ގާނޫނުގައި ގިނަ ކަންތައްތަކެއް މަގުފަހި ކޮށްދީފައިވަނީ ބޭރުގެ ބޮޑެތި ގައުމުތަކުގައިވެސް ދީފައި ހުންނަ ބާރުތަކާއި ދާދި އެއްވަރަކަށް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އެހެންނަމަވެސް އެ ބާރުތައް ގާނޫނުގައި ދީފާވީނަމަވެސް އިދާރީ ގޮތުން އެ ބާރުތައް ވަރަށް ބޮޑަށް ހަނިކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ގާނޫނުގައި ބާރުތަކެއް ދީފައި އޮތަސް އެ ބާރުތައް ބޭނުން ކުރުމުގައި އެކިއެކި ސަބަބުތަކާ ހެދި ސަރުކާރުތަކަށް ފަހިކޮށްދެވިފައި ނުވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ނަމަވެސް ލާމަރުކަޒީ ފުރިހަމަ ނިޒާމަކުން ރާއްޖޭގެ ރަށްތައް ހިންގަން ފެށުމާއެކު ރައްޔިތުން އެކަމަށް ކުރާ އުންމީދުތައް ހާސިލް ކުރުމަށް ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުން މީގެ ކުރިން މަސައްކަތް ކުރެވިފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭގެ މައިގަނޑު ސަބަބެއްގެ ގޮތުގައި އާދަމް ޝަރީފް ފާހަގަ ކުރެއްވީ ޚިދުމަތެއް ފޯރުކޮށްދެވޭނީ އަދި ބާރެއްވެސް އޭގެ ޒާތުގައި ބޭނުންކުރެވޭނީ އެ ބާރެއް ބޭނުން ކުރާނެ ވަސީލަތްތައް ކައުންސިލްތަކަށް ލިބިދީގެން ކަމަށެވެ. ނަމަވެސް މީގެ ކުރިން އެފަދަ ވަސީލަތްތަކެއް ކައުންސިލްތަކަށް ފަހިވެފައި ނުވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އަދި ގާނޫނުގައި ކައުންސިލްތަކަށް ވިޔަފާރި ކުރެވޭނެ ކަން ބަޔާންވެފައިވީ ނަމަވެސް އެހެނިހެން ގާނޫނޫ ތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަން ލާޒިމް ކޮށްފައި އޮތަސް އެކަން ކޮށްފައި އޮތީ އެހެން ނޫން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އެހެންކަމުން ވިޔަފާރި ކުރެވޭނެ މަގެއް ފަހިކޮށްދީފައި ނެތް ކަމަށާއި ވިޔަފާރި ކޮށްގެން ރައްޔިތުންނަށް ލިބެންޖެހޭ މަންފާތަކެއް ކައުންސިލްތަކުން ހޯދަދީފައި މީގެ ކުރިން ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އާދަމް ޝަރީފު ވިދާޅުވީ އުންމީދު ކުރަނީ އެ ހުރިހާ ގޮންޖެހުންތަކަކަށް އިސްލާހު ކުރެވުނު ބަދަލާއެކު ކައުންސިލްތައް ބާރުވެރިވެގެން ދިޔުން ކަމަށެވެ.

ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކާއެކު ކައުންސިލަރުންގެ އަދަދަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައި ކަން ފާހަގަ ކުރައްވާ އާދަމް ޝަރީފް ވިދާޅުވީ 3000 މީހުންނަށްވުރެ މަދު އާބާދީތަކަށް 5 ކައުންސިލަރުން އަދި 3000 މީހުންނަށްވުރެ ގިނަ އާބާދީތަކަށް 7 ކައުންސިލަރުން އިންތިޚާބްކުރުމަށް ވަނީ ކަނޑައަޅާފައި ކަމަށެވެ.

އަދި ސިޓީތަކަށް އިންތިޚާބްކުރެވޭ ކައުންސިލްތަކަށްވެސް އެތަނެއްގެ އާބާދީއަށް ބަލައި ބަދަލުގެނައުމަށްވެސް ޤާނޫނުގައި ކަނޑައާޅާފައިވުމުން ރަށްރަށުގެ ތަރައްގީގެ ހިއްސާގައި އަންހެނުންގެ ދައުރު ކުރިއަށްވުރެ ފުޅާވެގެންދާނޭ ކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް