ads
ކުޅުދުއްފުށީ ފަޅުން އަޑިއަށް ދިޔަ ލޯންޗު ނަގަން އެމްއެންޑީއެފް އިން ހަރަކާތްތެރި ވަނީ/ ފޮޓޯ: އެމްއެންޑީއެފް
ބޯ ވިއްސާރައިގެ ސަބަބުން ކުޅުދުއްފުށީ ފަޅުގައި އަޅާފައި އޮތް ލޯންޗެއް އަޑިއަށް ހިނގައްޖެ
ހދ. ކުޅުދުއްފުއްޓަށް ހުއްޓާ ނުލާ ވެހެމުން ދިޔަ ބޯވާރޭގެ ސަބަބުން އެ ރަށު ފަޅުގައި އަޅާފައި އޮތް ލޯންޗެއް އަޑިއަށް ހިނގައްޖެ އެވެ

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން މައުލޫމާތުދޭ ގޮތުގައި އެ ލޯންޗު އަޑިއަށް ދިޔަ ކަމުގެ ރިޕޯޓް އެ އިދާރާއަށް ކޮށްފައި ވަނީ މިއަދު ހެނދުނު 06:23 ގައި އެވެ. 

އެމްއެންޑީއެފް ގެ ޓީމުން އެ ސަރަހައްދަށް ގޮސް ކުރި މަސައްކަތުން މިއަދު ހެނދުނު 08:00 ގައި ލޯންޗު ފެންމައްޗަށް ނަގާފައި ވާކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ. 

ލޯންޗު ފެނުން މައްޗަށް ނެގުމުގެ މަސައްކަތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފްގެ ނޮދާން އޭރިއާގެ ސިފައިން ނެވެ. 

އެ ލޯންޗަކީ 17 ފޫޓުގެ ލޯންޗެއް ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެ އެވެ. 

ބޯ ވިއްސާރައިގެ ސަބަބުން ކުޅުދުއްފުށީގައި ފެން ބޮޑުވެ ބައެއް ގެތަކަށް ވެސް ވަނީ ފެންވަދެފަ އެވެ. އަދި އެރަށުގެ ފެން ހިއްކުމުގެ މަސައްކަތުގައި ވެސް އެމްއެންޑީއެފް އިން ވަނީ ހަރަކާތްތެރިވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް