ads
ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް--
ރައީސް ސޯލިހްގު ތަރައްގީގެ މަޝްރޫއުތައް ފަތުއަޑު ކިޔާފަ ދަނީ ކުރިއަށް: މަހުލޫފް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރައްގީގެ މަޝްރޫއުތައް ފަތުއަޑުކިޔާފައި ދަނީ ކުރިއަށް ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މަހުލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރަައީސްގެ ތަރައްގީގެ މަޝްރޫއުތައް ދަނީ ފަތުއަޑުކިޔާފައި ބާރަށް ކުރިއަށް ކަމަށެވެ. 

އެ ޓްވީޓުގައި މަހްލޫފް ވަނީ ރާއްޖޭގެ އެކި ސަރަހައްދުގައި މިވަގުތު ހިނގާ ތަރައްގީގެ މަޝްރޫއުތަކުގެ ފޮޓޯ ވެސް ހިއްސާކުރައްވާފަ އެވެ.

އޭގެ އިތުރުން ވެސް ތަރައްގީގެ އެކި މަޝްރޫއުތަކުގެ ފޮޓޯތައް މިއަދުގެ އެކި ވަގުތުތަކުގައި މަހްލޫފް ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކުރައްވާފަ އެވެ.

އެގޮތުން "ގޭބުޑުގައި ދުބުޅި ބަދިގެ" އިންޖީނުގެ ހުރުމުން ރައްޔިތުންނަށް ނުނިދޭތީ އެތަން މީހުން ނޫޅޭ ސަރަހައްދަކަށް ބަދަލުކޮށް އާ އިންޖީނުގެއެއް ހެދުމުގެ މަސައްކަތް ފެނަކައިން ކުރިއަށް ގެންދާކަމަށް ވެސް ވިދާޅުވި އެވެ. މަހުލޫފް ވިދާޅުވީ މި ޕްރޮޖެކްޓްތަކުގެ އިތުރުން ނެޓްވޯކް އަޕްގުރޭޑިން ހިމެނޭގޮތަށް ޖުމުލަ 51 މަޝްރޫއެއް ރަށްރަށުގައި ބާރަށް ކުރިއަށް ދާކަމަށެވެ.

މީގެ އިތުރުން މަހުލޫފް ވިދާޅުވިގޮތުގައި ކޮވިޑްގެ އަސަރު ދުނިޔެއަށް ކުރިމަތިވެ، އިގްތިސޯދީ މި ދަތި ވަގުތުގައިވެސް ތަރައްގީގެ ގިނަ މަޝްރޫއުތަކެއް އެކި ދާއިރާތަކުން މިހާރުވެސް އެބަ ހިނގަ އެވެ.  

މަހުލޫފް ވިދާޅުވީ ކަމެއް ނުހިގާކަމަށް ބަޔަކު ވާހަކަ ދެއްކިޔަސް މިހާރުވެސް 32 ބަނދަރާއި، 24 ނަރުދަމާގެ މަސައްކަތުންވެސް އެއީ ހަގީގަތް ނޫންކަން ހާމަވާނެ ކަމަށެވެ. 

 

އޭގެ އިތުރުން މަހުލޫފް މިއަދު ވަނީ އެމްޓީސީސީ ގެ ސީއީއޯ އާދަމް އާޒިމްއާ ވެސް ބައްދަލުކުރައްވާ އެމްޓީސީސީއާ ގުޅިގެން މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ގޮތްތަކާއިމެދު މަޝްވަރާ ކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް