ads
ޕާކިސްތާނުގައި ފެންބޮޑުވެފައި--
ބޯކޮށް ވާރޭވެހި ހިނގި ހާދިސާތަކުގައި ޕާކިސްތާނުން 50 އެއްހާ މީހުން މަރުވެއްޖެ
ޕާކިސްތާނުގައި މެދުކެނޑުމެއްނެތި ތިން ދުވަސް ވަންދެން ބޯކޮށް ވާރޭވެހި ހިނގި ހާދިސާތަކުގައި ގާތްގަނޑަކަށް 50 މީހުން މަރުވެއްޖެ އެވެ.

ޕާކިސްތާނުގެ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އިން ބުނި ގޮތުގައި ހައިބަރު ޕަހްތުންވާ ޕްރޮވިންސް އިން 19 މީހަކާއި ސިންދް ޕްރޮވިންސް އިން 12 މީހުން އަދި ޕަންޖާބް ޕްރޮވިންސް އިން އަށް މީހުން އަދި ގިލްގިތް ބަލްޓިސްތާން ޕްރޮވިންސް އިން ވޭތުވެދިޔަ ތިން ދުވަހުގެ ތެރޭގައި ދިހަ މީހަކު މަރުވެފައިވެ އެވެ. 

ވިއްސާރައިގެ ސަބަބުން ސަތޭކައެއްހާ ގެއެއް ވަރަށް ބޮޑަށް ހަލާކުވެފައިވާއިރު އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ ސިންދް ޕްރޮވިންސް އަށެވެ. 

ޕާކިސްތާނުގެ ސިފައިން ވަނީ ފެންބޮޑުވެފައިވާ ސަރަހައްދުތަކުން ރައްކާތެރި ސަރަހައްދުތަކަށް މީހުންގެ ގެންދިއުމުގެ މަސައްކަތް ފަށާފަ އެވެ.

އަވަށްތަކުން މޫސުމަށް އަންނަ ބަދަލުތަކާއެކު ކޮންމެ އަހަރަކުވެސް ޕާކިސްތާނުގެ އެކި ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެ އެވެ. ވިއްސާރަ މޫސުން ޖުލައި އިން ފެށިގެން ސެޕްޓެމްބަރު ގެ ނިޔަލަށް ދިގުދެމިގެންދާއިރު ދަނޑުތަކާއި މަގުތަކަށާއި ގެދޮރަށް ބޮޑެތި ގެއްލުން ލިބެ އެވެ.

ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ބުނެފައިވާ ގޮތުގައި ބަލޮޗިސްތާނުން އެކަނި ވެސް ގެއްލުނު މީހުންގެ އަދަދު 12 އަށް ވުރެ މަތިވާނެ އެވެ. އަދި ފެންބޮޑުވުމުގެ ސަބަބުން ބްރިޖްތަކާއި މަގުތައް ވަރަށް ބޮޑަށް ވަނީ ހަލާކުވެފަ އެވެ.

މިދިޔަ ހަފްތާއިން ފެށިގެން އާދިއްތަ ދުވަހާއި ހަމައަށް ވިއްސާރަ ވެހި ލަހޯރްގެ ބައެއް އަވަށްތަކަށް ފެންބޮޑުވެފައިވެ އެވެ. އޭގެ އިތުރުން ކަރާޗީގެ އާންމު ދިރިއުޅުމަށްވެސް މިދިޔަ ހަފްތާގައި ބުރުއަރާފައިވާއިރު ސިންދް ޕްރޮވިންސްގެ ގިނަ މަގުތަކުގައި ފެންބޮޑުވި އެވެ. މި ހާލަތުގައި ވެވެން ހުރި ހުރިހާ އެހީއެއް ވުމަށް އެ ގައުމުގެ ބޮޑުވަޒީރު އިމްރާން ހާން ވަނީ ސިފައިންނަށް ގޮވާލާފަ އެވެ.

އެގައުމުގެ މެޓު އޮފީހުން ލަފާކުރާ ގޮތުގައި އަންނަ ހަފްތާގައިވެސް ބޯކޮށް ވާރޭވެހޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް