ads
ނޯރާ ފަތެހީ
ނޯރާ އަށް 15 މިލިއަން އިންސްޓަގްރާމް ފޮލޮވަރުން ލިބިއްޖެ
ނޯރާ ފަތެހީ އަށް 15 މިލިއަން އިންސްޓަގްރާމް ފޮލޮވަރުން ލިބިއްޖެ އެވެ.

ގިނަ ބައެއްގެ މެދުގައި މަޝްހޫރު ތަރި ނޯރާ ވަނީ އިންސްޓަގްރާމުން 15 މިލިއަން ފޮލޮވަރުން ލިބުން އެކަން ފާހަގަ ކުރަން ސާޅީ އަކާއި އެކު ފޮޓޯ އެއް ވެސް ޕޯސްޓް ކޮށްފަ އެވެ. 

ސޯޝަލް މީޑިއާ ގައި ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ނޯރާ ވަނީ ކޮވިޑް-19 އާއި އެކު ވެސް އޭނާގެ ފޮލޮވަރުންނަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ތަފާތު ގިނަ ކަންތައްތަކެއް ހިއްސާ ކޮށްފަ އެވެ. 

އޭގެ އިތުރުން އޭނާ ވަނީ ކޮވިޑް-19 އާއި ގުޅިގެން ޕީޕީއީ ވެސް ހަދިޔާ ކޮށްފަ އެވެ. 

ނެށުމުގެ ފަރި ހަރަކާތްތަކުން ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ނޯރާއަކީ ލަވަ ޕްރޮޑިއުސްކޮށް ޑައިރެކްޓްވެސް ކުރަމުން އަންނަ ފަރާތެކެވެ. އޭނާ ވަނީ އެމްޓީވީން ދައްކަމުން އަންނަ ޝޯއެއްކަމަށްވާ ޑޭޓިން އިން ދަ ޑާކްގެ ހޮސްޓެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ.

ކަލާސް ޓީވީ އިން ދައްކާ މަޝްހޫރު ޝޯ، ބިގް ބޮސް ނުވައެއްގައި ވެސް ފެނިފައިވާ ނޯރާ ބޮލީވުޑުގައި މަސައްކަތް ކުރަން ފަށާފައިވަނީ 2014 ވަނަ އަހަރު އެވެ.

ނޯރާ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވަނީ ސަތްޔަމޭވަ ޖަޔަތޭގެ ލަވައެއްކަމަށްވާ "ދިލްބަރް" އަށް ފަހު ގައެވެ. އެއަށް ފަހު ގިނަ ބޮލީވުޑް ލަވަތަކުން ނޯރާ ވަނީ ފެނިގެންގޮސްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް