ads
އެމްއެންޑީއެފް އުޅަނދެއް--
ފިނޮޅަކަށް ދަތުރުކުރި ލޯންޗެއް އަޑިއަށް ގޮސްފި
ކ. ކޮއްދިއްޕަރު ކައިރީ އޮތް ފިނޮޅަކަށް ދަތުރުކުރި ލޯންޗެއް އަޑިއަށް ގޮސްގެސްފި އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އެކަމުގެ ރިޕޯޓް ލިބިފައި ވަނީ މިއަދު 13:14 ގަ އެވެ. ހަތް މީހުންނާއި އެކު ދަތުރުކުރި އެ ލޯންޗުގެ އެންމެން ވެސް ސަލާމަތް ކުރެވިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ. 

އެމްއެންޑީއެފުން އިތުރަށް ބުނި ގޮތުގައި ހަތް ދިވެހި ފިރިހެނުން ތިބި އެ ލޯންޗު އަޑިއަށް ދިޔައީ ދިޔަ ކޮންޓްރޯލް ނުވެގެންނެވެ. 

ހަތަރު މީހަކު ފަތާފައި ގޮސް ފިނޮޅަށް އެރިއިރު އަނެއް މީހުން ވެސް ސަމާލަތް ކުރެވިފައިވާކަމަށް ވަނީ ބުނެފަ އެވެ.

ރާއްޖޭގެ މޫސުން މިދުވަސްވަރު ގޯސްކޮށް އުޅޭތީ އެމްއެންޑީއެފުން ރޭ ވަނީ ކަނޑުދަތުރުކުރާ މީހުން މޫސުމަށް ސަމާލުވުމަށް ވެސް އިލްތިމާސްކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް