ads
ާޔާމީނުގެ ވެރިކަމުގެ ދެ ފިނޭންސް މިނިސްޓަރުންނާއި އަމީރު މަޖިލީހަށް
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އަބްދުﷲ ޖިހާދާއި، އަހުމަދު މުނައްވަރުގެ އިތުރުން މިހާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހާޒިރުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގެ ދަރަނީގެ ހިސާބުތައް އޮޅުން ފިލުވުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ މައްސަލަ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވިއިރު އެ މައްސަލަ މަޖިލީހުގެ މުޅި ކޮމިޓީއަކުން ދިރާސާ ކުރަން ވަނީ ފާސްކޮށްފަ އެވެ. 

އެ ކޮމިޓީން މަޝްވަރާކުރުމަށް ފަހު ނިންމާފައި ވަނީ ފިނޭންސް މިނިސްޓަރު އަމީރާއި ކުރީގެ ދެ މިނިސްޓަރުން ކަމަށްވާ ޖިހާދު އަދި މުނައްވަރުގެ އިތުރުން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް އާއި އޮޑިޓާ ޖެނަރަލް ހަސަން ޒިޔަތު މަޖިލީހަށް ހާޒިރުކުރުމަށެވެ. 

މިއަދު މަޖިލީހުގެ ޖަލްސާގައި ދައުލަތުގެ ދަރަނި ސާފުކުރުމާއި ބެހޭ ބަހުސްކުރިއަށް ދިޔައިރު ރިޔާސަތުގައި އިންނަވާ ނަޝީދު ވިދާޅުވީ، ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވާފައިވާ ސިޓީއެއްގައި ހިމަނާފައިވާ ގޮތަށް ލޯނުތަކާއި ގެރެންޓީތަކުގެ އަދަދު ދިމާ ނުވާ ކަމަށެވެ.

މަޖިލީހަށް ލިބިފައި ނުވާ ހަތަރު ލޯނަކާއި ދެ ގެރެންޓީއެއްގެ ވާހަކަ ވެސް މަޖިލީހުގެ ރައީސް ފާހަގަކުރެއްވި އެވެ. 

މަޖިލީހަށް ލިބިފައި ނުވާ ކަމަށް ނަޝީދު ވިދާޅުވާ ލޯނުތަކަކީ ބްރިޖުގެ މަސައްކަތަށް ބޭންކް އޮފް ޗައިނާ އިން ނަގާފައިވާ 455 މިލިއަން ޔުއާންގެ ލޯނާއި ސަނީ ސައިޑް ބޮންޑް ހޯލްޑާސް އިން ނެގި 250 މިލިއަން ޑޮލަރުގެ ލޯނުގެ އިތުރުން އަބޫދާބީ ބޭންކުން ނެގި 100 މިލިއަން ޑޮލަރުގެ ލޯނެވެ. އަދި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަސައްކަތަށް ސިލޯން ބޭންކުން ނެގި 16.1 މިލިއަން ޑޮލަރުގެ ގެރެންޓީގެ މައުލޫމާތު ވެސް ލިބިފައި ނުވާ ކަމަށް ވިދާޅުވި އެވެ. 

އޭގެ އިތުރުން ހުޅުމާލޭގައި ސޯޝަލް ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި އޮސްޓާ ހޯލްޑިންގްސް އަށް ދޫކުރި 327.8 މިލިއަން ޑޮލަރުގެ ގެރެންޓީގެ މައުލޫމާތު ވެސް ލިބިފައި ނުވާ ކަމަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް