ads
ދޯނީގައި ރޯވި އަލިފާން ނިއްވާލުމުގައި އެމްއެންޑީއެފުން ހަރަކާތްތެރިވަނީ---
ދޯނިން ގެއްލުނު ބިދޭސީ މީހާ މަރުވެފައި އޮއްވާ ފެނިއްޖެ
ލ. ގަމު، ތުނޑިއާ ދިމާލުން ރޯވެ، އަޑިޔަށް ދިޔަ "ވިންދު" ދޯނިން ގެއްލިގެން ހޯދަމުންދިޔަ ބިދޭސީ މީހާ މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

އެމްއެންޑީއެފްގެ ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް އެ ދޯނީގެ ހާދިސާ ލިބިފައި ވަނީ މިއަދު 15:00 ގައި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. 

އަދި ދޯނީގައި ދަތުރުކުރަމުންދިޔަ 10 މީހުންގެ ތެރެއިން ބިދޭސީއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުގެ ޑައިވަރުން ކުރަމުންދަނިކޮށް އެމީހާގެ ހަށިގަނޑު، ކަނޑުގެ 48 މީޓަރު އަޑިން ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އަދި މިހާރު ގަމު ހޮސްޕިޓަލަށް އެމީހާގެ ހަށިގަނޑު ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފުން ބުނީ ކާގޯ އެ ދޯނީގައި ތިބީ ނުވަ ބިދޭސީންގެ އިތުރުން ދިވެއްސެއް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް