ads
ބަންގްލަދޭޝްގެ އިތުރު 200 ރައްޔިތުންނާއި އެކު ފްލައިޓް ޑާކާއަށް ފުރާނީ—
އިތުރު 200 ބަންގްލަދޭޝް މީހަކު ގައުމަށް ފޮނުވާލައިފި
ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންގެ ތެރެއިން އިތުރު 200 މީހަކު މިއަދު ބަންގްލަދޭޝް އަށް ފޮނުވާލައިފި އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބަންގްލަދޭޝް މީހުން އަނބުރާ އެ ގައުމަށް ފޮނުވާލާފައި ވަނީ، ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެއްގަ އެވެ.

މޯލްޑިވިއަން އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ބަންގްލަދޭޝްގެ އިތުރު 200 ރައްޔިތުންނާއި އެކު ފްލައިޓް ޑާކާއަށް ފުރާފައިވާ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބަންގްލަދޭޝްގެ ރައްޔިތުންނާއި އެނބުރި ގައުމަށް ދާން ބޭނުންވާ އެ ގައުމުގެ ރައްޔިތުން ފޮނުވާލުމަށް ސަރުކާރުން ދަނީ ފްލައިޓުތައް ބާއްވަމުންނެވެ. އެގޮތުން ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 20،000 މީހުން އަނބުރާ ގައުމަށް ފޮނުވާލުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެފައިވެ އެވެ. 

މިހާތަނަށް 5000 ވުރެ ގިނަ ބިދޭސިން ވަނީ އެމީހުންގެ ގައުމަށް ފޮނުވާލާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް