ads
ރައްޔިތުންގެ މަޖިލިސް--
ސީއެސްސީއަށް ކުރިމަތިލި ފަރާތްތަކާއި މެދު އާންމުންގެ ހިޔާލު ހޯދަނީ
ސިވިލް ސާވިސް ކޮމިޝަންން ހުސްވެފައިވާ ހަތަރު މެންބަރުންގެ މަގާމަށް ކުރިމަތިލެއްވި ފަރާތްތަކާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ފުރުސަތު ހުޅުވާލައިފި އެވެ.

ރައްޔިތުންގެ މަޖލީހުގެ އިދާރާއިން ކޮށްފައިވާ އިއުލާނެއްގައި ބުނީ ސިވިލް ސާވިސް ކޮމިޝަނުން ހުސްވެފައިވާ ހަތަރު މެންބަރުންގެ މަގާމަށް ކުރިމަތިލެއްވި ފަރާތްތަކާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ފުރުސަތު ހުޅުވާލާފައި ވާކަމަށެވެ. 

އަދި މި މަގާމުތަކަށް ކުރިމަތި ލެއްވި ބޭފުޅުންގެ ނަންތައް ދިރާސާކޮށް ގޮތެއް ނިންމުމަށް މިއަދު ބޭއްވި މަޖިލީގައި މިނިވަން މުއައްސަސާތަކުގެ ކޮމެޓީގައި އެކަން އިއުލާންކުރައްވާފައިވާ ކަމަށެވެ. އެހެންކަމުން، ހުސްވެފައިވާ ހަތަރު މެންބަރުންގެ މަގާމަށް ކުރިމަތި ލެއްވި ބޭފުޅުންނާއި މެދު އާންމުންގެ ޝަކުވާއެއް އޮތްތޯ ބެލުމަށްޓަކައި ހުޅުވާލާ ކަމަށެވެ. 

އެ އިދާރާއިން ސިވިލް ސާވިސްގެ މާގާމުތަކަށް ކުރިމަތި ލެއްވި ފަރާތްތަކުގެ މައުލޫމާތު ވެސް އާންމުކުރައްވާފައި ވެއެވެ. 

އެގޮތުން މި ލިސްޓުގައި 41 މީހެއްގެ ނަން ހިމަނާފައިވެ އެވެ. ރައްޔިތުންގެ މަޖލީހުގެ އިދާރާއިން ބުނީ އެފަރާތްތަކާއި ގުޅޭގޮތުން އެއްވެސް ޝަކުވާއެއް އޮތްނަމަ މިމަހުގެ 16 ވަނަ ދުވަހުގެ 09:00 ގެ ކުރިން ޝަކުވާ ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި ގުޅޭނެ ނަންބަރު އެނގޭނެ ގޮތަށް އެ އިދާރާގެ އީމެލް އެޑްރެސް  [email protected] އަށް ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވުމަށް އެދޭ ކަމަށެވެ.

ސިވިލް ސާވިސް ކޮމިޝަނުގެ މެމްބަރުކަމުގައި މިހާރު ހުންނެވީ ފާތިމަތު އާމިރާ އެކަންޏެވެ. އާމިރާ ފިޔަވައި ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމާއި، ކޮމިޝަންގެ ނައިބު ރައީސް ޝަހީދު މުހައްމަދުގެ އިތުރުން މެންބަރު އިބްރާހިމް ޝަހީގު އަދި ޒަކަރިއްޔާ ހުސައިން ވަކިކުރަން މިނިވަން މުވައްސަސާތަކުގެ ކޮމިޓީން ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވުމާއެކު މެމްބަރު ޝަހީގު ފިޔަވައި ބާކީ ތިއްބެވި ތިން މެމްބަރުން އިސްތިއުފާ ދެއްވި އެވެ. 

އެކަމަކު މަޖިލީހުން ވަނީ މެމްބަރު ޝަހީގު ވެސް މަގާމުން ވަކިކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް