ads
އެ މަސައްކަތަށް ޗައިނާއިން ރާއްޖެއަށް ގެނެސްފައިވާ ބައެއް ސާމާނު-- ފޮޓޯ: ޗައިނާ ސަފީރު
ފަސް ރަށެއްގައި ފެން ޕްލާންޓް ބަހައްޓަން ޗައިނާއިން އެހީވަނީ
ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިޔާދަކުރުވަނިވި ހަކަތަ ބޭނުންކޮށްގެން ފަސް ރަށެއްގައި ޑީސެލިނޭޝަން ޕްލާންޓް ބެހެއްޓުމަށް ނިންމައިފި އެވެ.

ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން ބުނީ ގޮތުގައި އެކަމުގެ އެއްބަސްވުމުގައި މިމަހުގެ ހަތަރު ވަނަ ދުވަހު ސޮއި ކުރައްވާފައި ވަނީ މިނިސްޓަރު މުހައްމަދު އަސްލަމެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޖަންގް ލިޖޮންގެވެ. 

އިޔާދަކުރުވަނިވި ހަކަތަ ބޭނުންކޮށްގެން ޑީސެލިނޭޝަން ޕްލާންޓް ބަހައްޓަން ނިންމާފައި ވަނީ ކ. ކާށިދޫ، ރ. އަލިފުށި، ގއ. ދާންދޫ، ޅ. އޮޅުވެލިފުށި އަދި ހއ. ކެލާގަ އެވެ. 

މިނިސްޓްރީން ބުނި ގޮތުގައި އެއް އަހަރު ދުވަހުގެ އެ މަޝްރޫއު، ހަވާލުކޮށްފައި ވަނީ ޖިއަންސޫ ފެންހައި ނިއު އެނާޖީ ސީވޯޓާ ޑީސެލިނޭޝަން ޑިވެލޮޕްމަންޓްއާ އެވެ. 

11.8 މިލިއަން ޑޮލަރުގެ އެ މަޝްރޫއުގައި އެ ރަށްރަށުގައި އިޔާދަކުރުވަނިވި ހަކަތަ ބޭނުންކޮށްގެން ލޮނުފެނުން މީރުފެންއުފެއްދުމަށް ޑީސެލިނޭޝަން ޕްލާންޓް ބެހެއްޓުމަށް ބޭނުންވާ މެޓީރިއަލްތައް ސަޕްލައި ކުރުމާއި ޑީސެލިނޭޝަން ޕްލާންޓް އިންސްޓޯލްކުރުން ހިމެނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް