ads
ސާރާ އާއި އިބްރާހީމް--
ސާރާ އާއި އިބްރާހިމް އެކުގައި ޗުއްޓީއެއްގައި!
ސައިފް އަލީ ހާނުގެ އެންމެ ދޮށީ ދެ ދަރިން ކަމަށްވާ، ސާރާ އާއި އިބްރާހީމް އަންނަނީ ކުޑަ ޗުއްޓީއެއް އެކުގައި ހޭދަކުރަމުންނެވެ. ސޯޝަލް މީޑިއާގައި މި ޗުއްޓީގެ ފޮޓޯ އާއި ވީޑިއޯތައް ވެސް ދަނީ ހިއްސާކުރަމުންނެވެ.

ސާރާ އާއި އިބްރާހީމް ޗުއްޓީ ހޭދަކުރަމުން މިދަނީ ކޮން ތަނެއްގައި ކަމެއް ނޭނގެ އެވެ. އެކަމަކު ވަރަށް ފެހި، ރީތި ތަނެއްގައި ހޭދަކުރަމުންދާ މިޗުއްޓީގެ ވީޑިއޯއެއް ސާރާ އިއްޔެ ސޯޝަލް މީޑިއާއައަށް ހިއްސާކުރިއިރު ފެނިގެންދަނީ އިބްރާހީމް އާއި އެކުގައި ބައިސްކަލު ދުއްވުމުގައި އުޅޭ މަންޒަރެވެ.

ގަދަވަޔާއެކު ވާރޭވެސް އެވަގުތު ވެހެމުންދިޔަ އެވެ. ވައިރޯޅިއެއްގައި ސާރާގެ ތޮފި ވެސް އެއްލާލާ މަންޒަރު ފެނިގެންދިޔަ އެވެ.

އެކަމަކު ވެސް ސާރާ އާއި އިބްރާހީމްގެ މޫނުމަތިން ފެނިގެންދިޔައީ ހިތްހަމަޖެހުމާއި އުފާވެރިކަމެވެ.

ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ ވީޑިއޯއަށް ގިނަ ބަޔަކު ރިއެކްޓް ކުރި އެވެ. އަދި އެ ދެބެއިންނަށް ވަރަށް ތައުރީފް ވެސް ކޮށްފައިވެ އެވެ.

ކަރީނާއާ ކައިވެނިކުރުމުގެ ކުރިން ސައިފް ވަނީ އަމްރިތާ ސިންގްއާ ކައިވެނިކޮށްފަ އެވެ. އެ މީހުން ވަރިވީ 2004 ވަނަ އަހަރެވެ. ސާރާ އާއި އިބްރާހީމަކީ އެ ކައިވެންޏަށް ލިބުނު ދެ ކުދިންނެވެ.

މިހާރު ސާރާ ބޮލީވުޑުގައި ފިޔަ ޖަހަމުން އަންނައިރު އިބްރާހީމް އާންމުކޮށް ފެނިގެންދަނީ ސައިފްގެ ބައްޕަ ފަދައިން ކްރިކެޓް ކުޅުމުގައި އުޅޭ މަންޒަރެވެ. ފިލްމީ ދާއިރާއަށް ވަނުމަށް މިހާތަނަށް އޭނާ ޝައުގުވެރިކަން ފާޅުކޮށްފައެއް ނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް