ads
އައިޖީއެމްއެޗް----- ފޮޓޯ: ސީއެންއެމް
އައިޖީއެމްއެޗުގެ ދެ ލެބޯޓްރީ ސްޓާފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
އައިޖީއެމްއެޗުގެ ދެ ލެބޯޓްރީ ސްޓާފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު އިމަަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެޗްއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ، އައިޖީއެމްއެޗުގެ ލެބޯޓްރީ، ދެ ސްޓާފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއެކު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް މިހާރު ފެށިގެން ކުރިއަށްދާ ކަމަށެވެ. 

އައިޖީއެމްއެޗުގެ ލެބުގައި ކޮވިޑް-19 ގެ ސާމްޕަލްތައް ވެސް ޓެސްޓް ކުރަމުން އަންނައިރު މިކަމުގެ ސަބަބުން ސާމްޕަލްތައް ޓެސްޓްކުރުމުގައި އިތުރަށް ވަގުތު ނަގާނެކަން ނުވަތަ ނޫންކަން ސާފެއް ނުވެ އެވެ. އެކަމާއި ގުޅޭ މައުލޫމާތު ހޯދުމަށް މީޑިއާ އޮފިޝަލްއަށް ގުޅިނަމަވެސް ފޯނަށް ޖަވާބު ނުދެއްވާތީ އެކަން ސާފެއް ނުވެ އެވެ. 

މީގެ ކުރިން ވެސް އައިޖީއެމްއެޗުގެ ލެބް ޓެކްނީޝަނަކު ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެ އެވެ. 

އޭގެ އިތުރުން ވެސް އައިޖީއެމްއެޗްގެ ބައެއް ނަރުހުން ވެސް ކޮވިޑަށް ޕޮޒިޓިވްވެ ޑޮކްޓަރުންނާއި ގިނަ އަދަދެއްގެ ނަރުހުން ކަރަންޓީނަށް ދާން ޖެހުނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް