ads
ސުޝާންތު އާއި އޭނާގެ ބައްޕަ--
ސުޝާންތުގެ މަރާ މެދު ޝައްކުކުރެވޭ ގިނަ ކަންތައްތަކެއް އެބަހުރި: ޑުރައިވަރު
ސުޝާންތުގެ މަރާ މެދު ޝައްކު ކުރެވޭ ގިނަ ކަންތައްތަކެއް އެބަހުރިކަމަށާއި އެގޮތުން އެމްބިއުލާންސް އަށް ސުޝާންތުގެ ހަށިގަނޑު އެރުވިއިރު އޭނާގެ ފައި އޮތީ ބަޅުވެފަ ކަމަށް އެމްބިއުލާންސް ދުއްވި ޑުރައިވަރު ބުނެފި އެވެ.

ސިޝާންތުގެ މަރާ ގުޅިގެން ހައިރާން ކުރުވަނިވި އެތައް ވާހަކަތަކެއް ފެންމަތިވަމުން ދާއިރު ސުޝާންތުގެ މަރުވެފައި އޮތް ތަނުގައި އެވަގުތު ހަރަކާތްތެރިވި ބައެއް ފަރާތްތަކުންވެސް އަންނަނީ ހައިރާން ކުރުވަނިވި ވާހަކަތަކެއް ކިޔައި ދެމުންނެވެ.

ސުޝާންތު މަރުވުމާ އެކު އޭނާގެ ފޮޓޯތައް މުޅި ސޯޝަލް މީޑިއާގައި ހަލުވި ކަމާ އެކު ފެތުރެމުން ދިޔަ އިރު އެންމެ ގިނަ ބައެއްގެ ސުވާލު އަމާޒުވީ ސުޝާންތުގެ ފަޔަށެވެ. 

ފުޓޯތަކުންވެސް ސުޝަންތުގެ ފައި ގައި އާދިޔާ ހިލާފު ކަމެއް ހުރިކަން ވަރަށް ރީތިކޮށް ފެންނަމުން ދިޔަ ކަމަށް ވެ އެވެ. ގިނަ ބަޔަކު މިކަމާ ސުވާލު އުފައްދަމުން ދިޔައީ ދަންޖެހިގެން މަރުވާ މީހެއްގެ ގައިގާ ހުންނަންޖެހޭ ބައެއް ނިޝާންތައް ސުޝާންތުގެ ހަށިގަނޑުން އެއްގޮތަކަށްވެސް ފެނިފައި ނުވާތީ އެވެ. ސުޝާންތުގެ މަރަކީ ބަޔަކު ރާވާގެން ހިންގާފައިވާ ބޮޑު ޖަރީމާއެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލްކުރާ އެއްސަބަބަކީ ވެސް އެޔެވެ. 

ސުޝާންތުގެ ކަރުގައި ހުރި ބައެއް ނިޝާންތަކާއި ކޮޓަރިން ފެންނަން ހުރި ބައެއް ކަންކަމަށް ބަލާއިރު ޝައްކުކުރެވޭ ވަރަށް ގިނަ ކަންކަން ހުރި ކަމަށް ބެލެވޭ ކަމަށް ގިނަ ބަޔަކު ބުނަމުންދެއެވެ. އެގޮތުން އެކަން މިހާރުވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

އެންމެފަހުން މި މައްސަލާގައި ސުޝާންތުގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަ އެމްބިއުލާންސް ގެ ޑުރައިވަރުވެސް މިވަނީ ވާހަކަ ދައްކާފައެވެ. 

އިންޑިއާގެ ޓީވީ ޗެނަލްއަކަށް ދިން އިންޓަވިއުއެއްގައި ޑުރައިވަރު ބުނެފައިވަނީ ސުޝާންތުގެ ހަށިގަނޑު ވަރަށް ގާތުން ފެނުނުކަމަށާއި އެމްބިއުލާންސަށް އަރުވަން އުޅުނު ވަގުތު ވެސް ފައި އޮތީ ވަރަށް ބޮޑަށް ބަޅުވެފައި ކަމަށެވެ. 

ސުޝާންތުގެ ހަށިގަނޑު ވަރަށް ބޮޑަށް ރީނދުވެފައި ވާކަމަށް ވެސް އޭނާ ބުނެފައިވެއެވެ. އޭނާ އިތުރަށް ބުނީ ދަންޖެހިގެން މަރުވެފައި އޮންނަ މީހުންގެ ހަށިގަނޑުން ފެންނާނެ އެއްވެސް އަލާމާތެއް ސުޝާންތުގެ ހަށިގަނޑުން ނުފެންނަ ކަމަށާއި ފެނުނީ އެހެން ބައެއް ޝައްކުކުރެވޭ ކަންކަން ކަމަށެވެ. 

މި ހާދިސާއަށް ދެ މަސްވެފައި ވާއިރު އަދި މިމައްސަލާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. އަދި ކަމާބެހޭ ފަރާތްތަކުން މައްސަލާގެ އެއްވެސް މައުލޫމާތެއް މީޑިއާ އަށް ހިއްސާކޮށްފައެއްނުވެ އެވެ.

ފުލުހުން އެންމެ ފުރަތަމަ ބުނީ މިއީ ސުސައިޑް ކޭހެއް ކަމަށެވެ. އެހެން ނަމަވެސް ސުޝާންތުގެ އާއިލާގެ އިތުރުން ގިނަ އަދަދެއްގެ އާންްމުން ގޮވާލަމުންދަނީ މިމައްސަލަ އަކީ ބަޔަކު ރާވައިގެން ހިންގާފައިވާ ޖަރީމާއެއް ކަމަށެވެ. ގިނަ ބައެއްގެ ގޮވާލުންތައް އަންނަމުންދާ ސުޝާންތުގެ މަރުގެ މައްސަލަ ފުލުހުންނާއި ސީބީއައި އިން ވެސް  މިހާރު އަންނަނީ މައްސަލަ ބަލަމުންނެވެ. 

މިމައްސަލާގައި ތުހުމަތުގެ އިނގިލި އެންމެ ބޮޑަށް ދިއްކުރަމުންދަނީ ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކަރްބޮޓީއަށެވެ. ނަމަވެސް އޭނާ އެ ތުހުމަތުތައް ދޮގު ކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް