ads
މަޖީދީ މަގުގައި ގިނަ ބަޔަކު ހަރަކާތްތެރިވަނީ-- ފޮޓޯ: ސީއެންއެމް
ކޮވިޑް ޖެހޭ ޒުވާނުންގެ އަދަދު މައްޗަށް، އިތުރަށް ސަމާލުވުމަށް އެދިއްޖެ
ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ގިނައީ ޒުވާނުން ކަމުން، އެމީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނެސްގެން ވިޔަސް، އެ އަދަދު ދަށް ކުރުމަށް މަސައްކަތް ކުރުމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން އިލްތިމާސްކޮށްފި އެވެ.

ރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ 5157 މީހުންގެ ތެރޭގައި ގިނައީ އުމުރުން 18 އަހަރާއި 40 އަހަރާއި ދެމެދުގެ މީހުން ކަމަށެެވެ. 

ޑރ. އަފްޒަލް ވިދާޅުވީ އެ އުމުރުފުރާގެ މީހުންނަށް ހީވެފައި އޮންނަ އެންމެ ބޮޑު ކުށްހީ އަކީ ޒުވާނުންނަށް ބަލީގެ ނުރައްކާ ނެތްކަން ކަމަށެވެ. އެކަމަކު ދުނިޔޭގެ ތަފާސްހިސާބުތަކަށް ބެލިޔަސް، ހަގީގަތަކީ ނިސްބަތުން މަދުން ނަމަވެސް އެ އުމުރުފުރާގެ މީހުންނަށް ވެސް ބަލީގެ ނުރައްކާތެރިކަން ކުރިމަރިވާ ކަމަށެވެ. 

އެހެންކަމުން، އެ އުމުރުފުރާތަކުގެ މީހުން، ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތައް ގެނެސް، ބަލިން ރައްކާތެރިވުމަށް އިތުރަށް ފިޔަވަޅު އެޅުމަށް ޑރ. އަފްޒަލް ވަނީ އިލްތިމާސްކުރައްވާފަ އެވެ. 

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދުތަކަށް ބަލާއިރު މިހާތަނަށް ވަނީ 21 އަހަރާއި 40 އަހަރާއި ދެމެދުގެ 2714 މީހަކަށް ކޮވިޑް ޖެހިފަ އެވެ. އަދި ބަލި ޖެހުނު މީހުންގެ ތެރޭގައި ދިވެހިންގެ އަދަދު އުޅެނީ 2,803 ގަ އެވެ. އެއީ ރާއްޖެއިން ބަލި ޖެހުނު މީހުންގެ ނިސްބަތުގެ 54.35 އިންސައްތަ އެވެ. ދިވެހިން ފިޔަވައި ދެން އެންމެ ގިނައިން ބަލި ޖެހިފައިވަނީ ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުންނަށެވެ. 1,857 މީހުންނާއެކު އެމީހުންނަށް ބަލި ޖެހުނު ނިސްބަތް އުޅެނީ 36.01 ގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް