ads
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު--
ރާއްޖެ ސޮވަރިން ޑީފޯލްޓަކަށް ނުދާނެކަމުގެ ޔަގީންކަން ދެން: އަމީރު
ދިވެހިރާއްޖޭގެ ސޮވަރިން ޑީފޯލްޓަކަށް ނުދާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށްދޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

މިހާރު ކުރިއަށްދާ މުޅި މަޖިލީހުގެ ކޮމިޓީގައި މިނިސްޓަރު އަމީރު ވިދާޅުވީ، ގައުމުތަކުން ނަގާފައިވާ ދަރަނި އަނބުރާ ނުދެއްކޭ ހާލަތަށް ރާއްޖޭގެ ހާލަތު (ސޮވަރިން ޑިފޯލްޓް) އަކަށް ނުދާނެ ކަމަށެވެ. 

އަމީރު ވިދާޅުވީ، ސަރުކާރާއި ހަވާލުވުމަށް ފަހު އަބަދުވެސް ދައްކަމުން އައި އެއް ވާހަކައަކީ ސަރުކާރުގެ ސިޔާސަތަކަށް ވާނީ ދަރަނި އިތުރުވާ މިންވަރު ދަށްކުރުމަށް ގައުމުގެ އުފެއްދުންތެރިކަން އިތުރުމުގެ ވާހަކަތައް ކަމަށާއި އެގޮތުން މިހާތަނަށް ހުށަހެޅި ބަޖެޓުގައި އެމިންވަރުތައް ހުންނާނީ ހިފެހެއްޓިފައި ކަމަށެވެ. 

އެކަމަކު ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން 2020 ވަނަ އަހަރުގެ ދަރަނި މަތިވާނެ ކަމަށާއި އެގޮތުން ޖީޑީޕީ 11.3 އިންސައްތައަށް ދަށަށް ދާނެ ކަމަށެވެ. 

"އަޅުގަނޑު ހަމަ ޔަގީންކަން ދެން މި މަޖިލީހަށް އަޅުގަނޑުމެން ސަރުކާރުން މިހާރުގެ ފިނޭންސް މިނިސްޓްރީން، މަސައްކަތް ކުރަން އަޅުގަނޑުމެން މިތާ ތިއްބާ ސޮވެރިން ޑިފޯލްޓަކަށް ނުދާނެ،" މިނިސްޓަރު ވިދާޅުވި އެވެ. 

ފިނޭންސް މިނިސްޓަރު އިތުރަށް ވިދާޅުވީ، ސޮވަރިން ގެރެންޓީ ދައްކާތޯ އާއި ނުދައްކާތޯ ފިނޭންސް މިނިސްޓްރީން ބަލަމުން އަންނަ ކަމަށާއި އެގޮތުން ދައުލަތުން ދިން ގެރެންޓީއެއްގެ ދަށުން ދޫކޮށްފައިވާ އެެއްވެސް ލޯނެއް ފައިސާ ނުދެއްކި ދިގުލައިގެންދާނަމަ ރަހުނުގެ ގޮތުގައި ބަހައްޓާފައިވާ މުދާތައް ދައުލަތަށް ނަގައިގެން ވެސް އެ ލޯނެއް ދައްކާ ހަލާސްކުރާނެ ކަމަށެވެ.

އެކަމަކު އެވާހަކަ މާބޮޑު ކަމަކަށް ހަދައިގެން ދައްކާފައި ނުވަނީ އިންވެސްޓަރުންގެ އިތުބާރަކީ ރާއްޖެއަށް މުހިއްމު އެއްޗަކަށްވާތީ ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު އަމީރުގެ އިތުރުން ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އަބްދުﷲ ޖިހާދާއި، އަހުމަދު މުނައްވަރު ވެސް ވަނީ މަޖިލީހުގެ މުޅި ކޮމިޓީއަށް ހާޒިރުކުރައްވާފަ އެވެ. އަދި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް އާއި އޮޑިޓާ ޖެނަރަލް ހަސަން ޒިޔަތު ވެސް މި ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވިއިރު އެ ކޮމިޓީއަށް އެ ބޭފުޅުން ހާޒިރުކުރީ ދައުލަތުގެ ދަރަނި ރަނގަޅަށް މެނޭޖް ނުކުރެވޭތީ ދަރަނި ސާފު ނުވާ ކަމަށް ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް