ads
ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭސް
ޔުނައިޓެޑް ޔޫރޮޕާ ލީގުގެ ސެމީއަށް
ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުން މެންޗެސްޓާ ޔުނައިޓެޑް ޖާގަ ހޯދައިފި އެވެ.

މެންޗެސްޓާ ޔުނައިޓެޑް ސެމީއަށް ދިޔައީ ރޭ ކޯޕެންހޭގަން ބަލިކޮށްގެނެވެ.

ކޮވިޑާ ގުޅިގެން މުބާރާތުގެ ފޯމެޓަށް ގެނައި ބަދަލާއި އެކު ކުއާޓަރއިން ފެށިގެން މުބާރާތުގެ ބާކީ ބައި ކުޅެނީ މިނީ ޓޯނަމެންޓެއްގެ ގޮތުގައި ޖަރުމަނުގަ އެވެ. ރޭގެ މެޗުގައި ޔުނައިޓެޑުގެ ހަމައެކަނި ގޯލް އެ ޓީމަށް ޖަހައިދިނީ ދެ ޓީމު އެއްވަރު ވެގެން ކުޅުނު އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ބްރޫނޯ ފެނާންޑޭސް އެވެ. މިއީ މާޝިއަލްއަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.

ސެމީގައި ޔުނައިޓެޑް ކުޅޭނީ މިރޭ ވުލްވްސް އާއި ސެވިއްޔާ ކުޅޭ ކުއާޓާ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް