ads
ސާމްޕަލް ނެގުމަށްފަހު ޑިސްއިންފެކްޓް ކުރަނީ--- ފޮޓޯ: ސީއެންއެމް
އިތުރު މީހަކު ކޮވިޑް ޖެހިގެން މަރުވެއްޖެ
ރާއްޖެއިން ކޮވިޑް ޖެހިގެން އިތުރު މީހަކު މަރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނި ގޮތުގައި މަރުވެފައި ވަނީ އުމުރުން 67 އަހަރުގެ ދިވެހި ފިރިހެނެކެވެ. 

އެޗްޕީއޭ އިން ބުނީ އެމީހާއަކީ އައިޖީއެމްއެޗުގެ އީއާރުގައި ފަރުވާދެމުން އައި މީހެކެވެ. އަދި އެމީހާ ހޮސްޕިޓަލަށް ގެންދިޔައީ އިއްޔެ ކަމަށާއި މަރުވެފައި ވަނީ މިއަދު 12:12 ގައި ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. 

މިއީ ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި 20 ވަނަ މީހާ އެވެ.

އެމީހާގެ މަރާއި ގުޅިގެން އާއިލާގެ ފަރާތުން ކަންބޮޑުވުންތަކެއް ސޯޝަލް މީޑިއާގައި ފާހަގަކޮށްފައިވެ އެވެ. އެކަމަކު އެކަމާއި ގުޅުގެން އަދި އެޗްޕީއޭ އިން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. 

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 5157 އަށް އަރާފަ އެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު އުޅެނީ 2835 ގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް