ads
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން--
ހެލްތު މިނިސްޓަރު އަމީން މާދަމާ މަޖިލީހަށް ހާޒިރުކުރަނީ!
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ހާޒިރުކުރުމަށް އެޖެންޑާކޮށްފި އެވެ.

މިނިސްޓަރު އަމީންއާ ސުވާލުކުރުމަށް އެދިވަޑައިގެންފައި ވަނީ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އާއި މުލަކު ދާއިރާގެ މެމްބަރު އިބްރާހީމް ނަސީރެވެ. 

އެގޮތުން ތިމަރަފުށީ ދާއިރާގެ މެމްބަރު، މިނިސްޓަރު އަމީންއާ ކުރަން ހަމަޖެހިފައިވާ ސުވާލަކީ ޕީއެސްއައިޕީ ގައި ހިމަނިފައިވާ ތ. ވޭމަންޑޫގެ އަތޮޅު ހޮސްޕިޓަލް އެކްސްޓެންޝަން ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފެށޭނީ ކޮން ތާރީހެއްގައިތޯ އެވެ. 

އަދި މެމްބަރު ނަސީރުގެ ސުވާލަކީ މުލަކު ސިއްހީ މަރުކަޒުގައި މާބަނޑު އަންހެނުންގެ ވިންދު ބެލުމަށް ބޭނުންކުރާ ވަސީލަތް މައްސަލަޖެހިފައި ހުންނަތާ އެތަކެއް ދުވަސްތަކެއް ވެފައިވާއިރު އެކަމަށް ހާއްސަކުރެވިފައިވާ ވަސީލަތް ހެލްތު ސެންޓަރަށް ލިބޭނީ ކޮން ތާރީހެއްގައިތޯ އެވެ. 

މާދަމާގެ މަޖިލީހުގެ ޖަލްސާއަށް މިނިސްޓަރު އަމީން ހާޒިރުކުރުމަށް އެޖެންޑާކޮށްފައިވާއިރު މީގެ ކުރިން ވެސް މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް އަމީން ވަނީ މަޖިލީހަށް ހާޒިރު ކުރައްވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް