ads
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ބޭފުޅުންނާ ބައްދަލުކުރުން
ޕީޖީން އެދުނު ހުރިހާ މައްސަލަތަކެއްގެ މައުލޫމާތު ހިއްސާ ކުރަން ދަތި: އޭސީސީ
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިއަށް ގެންދާ ހުރިހާ މައްސަލަތަކެއްގެ ހުރިހާ މައުލޫމާތެއް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ހިއްސާ ކުރަން ދަތި ކަމަށް އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ.

ޝިއުނާ މިހެން ވިދާޅުވީ ޕީޖީން އެދުނު މައުލޫމާތު ނުދެނީ ކީއްވެގެންތޯ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގައި ރައްޔިތުންގެ މަޖިލީހުގެ ޑެޕިއުޓީ މެޖޯރިޓީ ލީޑަރު އަދި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް ސުވާލުކުރެއްވުމުންނެވެ.

ޝީއުނާ ވިދާޅުވީ އޭސީސީން ތަހުގީގު ކުރަމުންދާ ހުރިހާ މައްސަލަތަކެއްގެ ތަފްސީލް ޕީޖީ އާއި ހިއްސާ ކުރަން ބައެއް ފަހަރު ދަތި ކަމަށާ އެހެންނަމަވެސް އޭސީސީން ތަހުގީގުކުރާ މައްސަލަތަކުގެ ލިސްޓެއް ޕީޖީއާއި ހިއްސާކުރަން ނިންމާފައިވާ ކަމަށެވެ.

ޝިއުނާ ވިދާޅުވީ ޕީޖީން އޭސީސީ އަށް ސިޓީ ފޮނުވީ އެންޓި ކޮރަޕްޝަން ނިޒާމުގައި ހުރި އުނިކަންތައްތަކާއި ރަނގަޅު ކުރަންޖެހޭ ކަންތައްތަކާ ގުޅޭގޮތުން ހިންގަން އުޅޭ ހާއްސަ ޕްރޮޖެކްޓަކަށް މައުލޫމާތު ހޯދަން ކަމަށެވެ. ޝިއުނާ ވިދާޅުވީ އެ ޕްރޮޖެކްޓްގެ މަގުސަދަކީ މި އަހަރު ނިމެންވާއިރަށް ދައުވާ ކުރަން ފޮނުވޭނީ ކޮން މައްސަލަތަކެއްތޯ ކަނޑައެޅުން ކަމަށެވެ.

ޝިއުނާ ވިދާޅުވީ އޭސީސީން ތަހުގީގު ކުރާ ހުރިހާ މައްސަލައެއްގެ މައުލޫމާތު ހޯދަން ޕީޖީން އެދުމުން ހުރިހާ މައްސަލައެއްގެ ހިމެނޭ ލިސްޓެއް ފޮނުވާނެ ކަމަށް ޕީޖީ އަށް އޭސީސީން ޖޫންމަހުގެ 29ވަނަ ދުވަހު ފޮނުވި ސިޓީގައި ބުނެފައިވާނެ ކަމަށެވެ. އަދި ހުރިހާ މައްސަލައެއްގެ މައުލޫމާތު ފޮނުވަން ދަތި ކަމަށްވެސް ދަންނަވާފައި ވާނެ ކަމަށް ޝިއުނާ ވިދޅާުވިއެވެ.

އޭސީސީން ކުރިއަށް ގެންދާ ތަހުގީގުތަކުގެ މައުލޫމާތުދޭން ދެކޮޅު ހެދުމާއި ގުޅިގެން ޕްރޮސެކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވަނީ ސިއްރު ސިޓީއެއް ރައްޔިތުންގެ މަޖިލީހަށްވެސް ފޮނުވާފައެވެ.

ޖިނާއީ ކުށްތަކުގައި ހިންގާ ތަހުގީހުތައް، ބެލުމުގެ ބާރު ގާނޫނުއަސާސީން ޕީޖީއަށް ލިބިފައިވާއިރު އެފަދަ ތަހުގީގުތައް ހިނގާގޮތް ބެލުމަކީ ވެސް ޕީޖީގެ މައްޗަށް މަތިކޮށްފައިވާ ކަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް