ads
ސާމްޕަލް ނަގަނީ--
މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދު ބޮޑުތަނުން ދަށަށް
ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ބޮޑުތަނުން ދަށްވެއްޖެއެވެ.

ކޮވިޑް19 އަށް މިއަދު ޕޮޒިޓިވް ވެފައިވަނީ ޖުމްލަ 66 މީހުންނެވެ. މިއަދު ޕޮޒިޓީވްވި މީހުންގެ ތެރޭގައި ހިމެނެނީ 52 ދިވެހިންނާއި 12 ބަންގްލަދޭޝް މީހުންނާއި އިންޑިއާގެ 2 މީހުންނެވެ. މިއެންމެންވެސް ޕޮޒިޓިވްވެފައިވަނީ މާލެ ސަރަހައްދުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މީގެ ކުރީ ދުވަސްތަކުގައި ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު އުޅެނީ ސަތޭކައިން މަތީގައެވެ. އަދި ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ގިނައަދަދެއްގެ ދިވެހިންވެސް ހިމެނެއެވެ.

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓީވްވި މީހުންގެ އަދަދު މިހާރު ވަނީ ފަސް ހާހުން މައްޗަށް އަރާފައެވެ. އެގޮތުން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދީ 5223 އެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު އުޅެނީ 2849 ގައެވެ. ރާއްޖެއިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 2849 އަށް އަރާފަ އެވެ.  

ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިގެން 20 މީހަކު ވަނީ ނިޔާވެފައެވެ.

އެޗްޕީއޭއިން ބުނީ 1507 މީހަކަށް އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާދެމުން އަންނަކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް