ads
ކިމްސް ހޮސްޕިޓަލް—
އާސަންދައިގެ ދަށުން އިންޑިއާއަށްދިޔަ އިތުރު މީހަކު މަރުވެއްޖެ
އާސަންދައިގެ ދަށުން އިންޑިއާއަށްދިޔަ އިތުރު މީހަކު މަރުވެއްޖެއެވެ.

އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލް ސީއެންއެމްއަށް މިރޭ މިކަން ކަށަވަރު ކޮށްދެއްވަމުން ވިދާޅުވީ އާސަންދައިގެ ދަށުން އިންޑިއާއަށް ދިޔަ މީހަކު މިއަދު މަރުވެފައިވާ ކަމަށާއި އެހެންނަމަވެސް އޭނާ މަރުވެފައިވަނީ ކޮވިޑް-19 އަށް ޕޮޒެޓިވް ވެގެން ނޫންކަމަށެވެ.

އޮފިޝަލް ވިދާޅުވީ އޭނާ އިންޑިއާއަށް ދިޔައިރުވެސް އުޅެނީ ވަރަށް ބަލިވެކަމަށާއި އޭނަ މަރުވެފައިވަނީ އެބައްޔަށް ބޭސްކުރަމުންދަނިކޮށް އެ ބަލީގައި ކަމަށެވެ.  
މިއަދު ނިޔާވި މީހާއަކީ ޖޫން މަހުގެ 29 ވަނަ ދުވަހު އިންޑިއާއަށް ފުރަތަމަ ބެޗްގައި ދިޔަ މީހެއްކަމަށާއި މީގެ ކުރިން މަރުވި ތިން މީހުން މަރުވެފައިވަނީ ޖުލައި މަހުގެ 16 އަދި 17 އަދި މީގެއިތުރުން 18 ވަނަ ދުވަހުކަމަށް މީގެ ކުރިން އާސަންދަކުންފުނިން ބުނެފައިވެއެވެ.

އާސަންދައިގެ ދަށުން ފަރުވާއަށް އިންޑިއާއަށް 200އަށް ވުރެ ގިނަ ދިވެހިން ފޮނުވާފައިވާއިރު، އިންޑިއާއަށް ދިއުމަށްފަހު ކޮވިޑް-19އަށް މިހާތަނަށް 8 ދިވެއްސަކު ޕޮޒިޓިވް ވެފައިވާކަމަށް އެޗްއީއޯސީއިން ވަނީ ބުނެފައެވެ. 

އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ދިން ހާއްސަ ހުއްދައިގެ ދަށުން އެގައުމަށް ބޭސްފަރުވާއަށް ފޮނުވި މީހުންގެ ތެރެއިން  މިއަދު މަރުވި މީހާއާއިއެކު މިހާތަނަށް 4 މީހަކު މިވަނީ މަރުވެފައެވެ. އެ އެންމެންނަކީވެސް އިންޑިއާއަށް އިތުރުފަރުވާއަށް ފޮނުވި އިރުވެސް ވަަރަށް ހާލުބޮޑު ބަލިމީހުންކަމުގައި އާސަންދަ ކުންފުނިން މައުލޫމާތު ދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް