ads
ފޮރިން މިނިސްޓްރީގެ ބައެއް ބޭފުޅުން
ޚާރިޖިއްޔާގެ އިސް ސަފަށް އަންހެނުން ނެރުމަށް ކުރެވޭ މަސައްކަތް ކާމިޔާބު: ޝާހިދު
ޚާރިޖިއްޔާގެ އިސް ސަފަށް އަންހެން ބޭފުޅުން ނެރުމަށް ކުރެވޭ މަސައްކަތް ކާމިޔާބު ކަމަށް ހާރިޖީ ވަޒީރު އަބްދުﷲ ޝަހިދު ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ތިބި 5 ބޭފުޅަކު ޖޮއިންޓް ސެކްރެޓަރީގެ މަޤާމަށް ވަނީ އައްޔަން ކުރައްވާފައެވެ.
ޖޮއިންޓް ސެކްރެޓަރީގެ މަޤާމަށް އައްޔަންކުރި ބޭފުޅުންނަކީ ފޮރިން މިނިސްޓްރީގައި ގިނަ ދުވަސްތަކެއް ވަންދެން ވަޒީފާ އަދާކުރައްވާފައިވާ، އުސޫލުތަކާ އެއްގޮތަށް މަޤާމުގެ ކުރިއެރުން ހޯއްދަވާފައިވާ ބޭފުޅުންނެވެ. 

އަދި ކޮންމެ ބޭފުޅަކުވެސް ވަނީ މާސްޓަސް ޑިގްރީ ހާސިލްކުރައްވާފައި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ޖޮއިންޓް ސެކްރެޓަރީ ކަމަށް އައްޔަން ކުރެވުނު 5 ބޭފުޅުންގެ ތެރޭގައި ތިއްބެވީ 10 އަހަށްވުރެ ގިނަ ދުވަހު ޚާރިޖިއްޔާގައި ވަޒީފާ އަދާކުރައްވާފައި ތިއްބެވި ބޭފުޅުންކަންވެސް ފޮރިން މިނިސްޓްރީން ބުނެއެވެ. އަދި ބައެއް ބޭފުޅުން 20 އަހަރަށްވުރެ ގިނަ ދުވަހު ފޮރިން މިނިސްޓްރީގައި، ސިވިލް ސާވަންޓުންގެ ގޮތުގައި ސަރުކާރަށް ޚިދުމަތް ކުރައްވާފައިވާ ކަމަށްވެސް ބުނެއެވެ.
ޖޮއިންޓް ސެކްރެޓަރީންގެ ގޮތުގައި މިއަދު ހަމަޖެހުނު 5 ބޭފުޅުންގެ ތެރޭގައި 3 އަންހެން ބޭފުޅުން ހިމެނޭ ކަމާށާ މިއާއެކު މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީންގެ 62 އިންސައްތައަކީ އަންހެނުންކަނަށް ފޮރިން މިނިސްޓްރީން ފާހަގަ ކުރެއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ދަށުން ހިނގަމުން އަންނަ ޑިޕްލޮމެޓިކް މިޝަންތަކުގައި ތިއްބެވި އިސްވެރިންގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ މިހާރުވެސް އަންހެނުންކަން މިނިސްޓްރީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް