ads
ދަ ރޮކް: ޑްވެއިން ޖޯންސަން
ދަ ރޮކް: އެންމެ ބޮޑު އާމްދަނީއެއް ލިބޭ ފިރިހެން ތަރި!
"ދަ ރޮކް"ގެ ނަމުން މަޝްހޫރުވެފައިވާ ޑްވެއިން ޖޯންސަންއަކީ އެންމެ ބޮޑު އާމްދަނީއެއް ލިބޭ ފިރިހެން ފިލްމީ ތަރި ކަމަށް ފޯބްސް މެގަޒިންއިން ބުނެފި އެވެ.

ފޯބްސްއިން ބުނީ ޑްވެއިން ޖޯންސަންއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ތަރީގެ މަގާމު ހޯދި މިއީ ޖެހިޖެހިގެން ލިބުނު ދެވަނަ ފަހަރު ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ޖޫން މަހުން ފެށިގެން މިއަހަރު ޖޫން މަހުގެ ފެށުމާއި ހަމައަށް ޑްވެއިންއަށް 87.4 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ބުނެ އެވެ. 

މީގެ ތެރޭގައި 23.5 މިލިއަން ޑޮލަރު ލިބިފައިވަނީ ނެޓްފްލިކްސަށް މިއަހަރުގެ ނޮވެމްބަރު މަހު ނިކުންނާނެ ފިލްމު ކަމަށްވާ ރެޑް ނޯޓިސް އަށެވެ. ޑްވެއިންއަށް އޭނާގެ ފިޓްނަސް ކްލޯތިންގް ލައިންއިންވެސް ވަނީ އާމްދަނީ ލިބިފަ އެވެ.

ފޯބްސްއިން މައުލޫމާތު ދެމުން ބުނީ އެންމެ އާމްދަނީ ލިބިފައިވާ ފިރިހެން ފިލްމު ކުޅުންތެރިންގެ ގަދަ ދިހައަކަށް ލިބުނު ހުރިހާ ފައިސާއެއް އެއްކޮށްލުމުން 545.5 މިލިއަން ޑޮލަރު ލިބޭ ކަމަށެވެ. އަދި އޭގެ ހަތަރަބައި ކުޅަ އެއްބަޔަށްވުރެ ގިނަ ލާރި ލިބިފައިވަނީ ނެޓްފްލިކްސްއިން ކަމަށް މައުލޫމާތު ލިބެއެވެ.

ޑްވެއިންއާއި ޖެހިގެން ދެވަނައަށް އެންމެ ގިނަ ލާރި ލިބުނު މީހަކަށް ހުރީ ރަޔަން ރެއިނޯލްޑްސްއެވެ. އޭނާއަށްވަނީ 71.5 މިލިއަން ޑޮލަރު ލިބިފައެވެ. އެގޮތުން އޭނާ ކުޅުނު ފިލްމުތަކުގެ ތެރޭގައި 20 މިލިއަން ޑޮލަރު ރެޑް ނޯޓިސްއަށް ލިބިފައިވާއިރު ސިކްސް އަންޑަގްރައުންޑަށްވެސް ލިބިފައިވަނީ 20 މިލިއަން ޑޮލަރެވެ.

ގަދަ ދިހައެއްގައި ހަމައެކަނި ހިމެނުނު ބޮލީވުޑް ތަރިއަކަށް ހުރީ އަކްޝޭ ކުމާރެވެ. ހަވަނައަށް އޭނާ ގޮސްފައިވާއިރު އޭނާއަށް ލިބިފައިވަނީ 48.5 މިލިއިން ޑޮލަރެވެ. އަދި އޭގެ ބޮޑުބަޔެއް ލިބިފައިވަނީ އެންޑޯސްމެންޓް ޑީލްތަކުން ކަމަށް ފޯބްސްއިން ބުނެއެވެ.

މީގެ އިތުރުން ތިންވަނައަށް މާކް ވޯލްބާގް ގޮސްފައިވާއިރު ބެން އެފްލެކް، ވިން ޑީސަލް އަދި ލިން-މެނުއެލް މިރެންޑާ ހިމެނިފައިވެއެވެ. އަދި ގިނަ ބައެއްގެ މެދުގައި މަގްބޫލުވެފައިވާ ވިލް ސްމިތް، އެޑަމް ސެންޑްލާ އަދި ޖެކީ ޗާން ވެސް ހިމެނިފައިވާ ކަމަށް ފޯބްސް އިން ބުނެ އެވެ.

އެންމެ ބޮޑު އާމްދަނީ ލިބޭ އަންހެން ފިލްމީ ތަރިންގެ ލިސްޓު އަދި ނުނެރެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް