ads
ސާމްޕަލް ނެގުމުގައި ހަރަކާތްތެރި ވަނީ--- ފޮޓޯ: ސީއެންއެމް
ރާއްޖެއިން އިތުރު މީހަކު ކޮވިޑް ޖެހިގެން މަރުވެއްޖެ
ރާއްޖެއިން އިތުރު މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެ އެވެެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނަރަލް ތަސްލީމާ އުސްމާން އެކަން ކަށަވަރުކޮށްދީ ސީއެންއެމްއަށް ވިދާޅުވި ގޮތުގައި މަރުވި މީހާއަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި މީހެކެވެ. 

މިއާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު މިވަނީ 21 އަށް އަރާފަ އެވެ. 

އެ މީހާގެ މަރާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ކުރި ޓްވީޓުގައި ބުނީ މިއަދު ހެނދުނު 9:20 ގައި މަރުވި އަންހެން މީހާއަކީ 77 އަހަރުގެ މީހެއް ކަަމަށެވެ.

ކޮވިޑް ޖެހިގެން 21 ވަނަ މީހަކު މަރުވެފައި މިވަނީ އެ ބަލީގައި 20 ވަނަ މީހާ މަރުވިތާ 24 ގަޑިއިރު ވެސް ނުވަނީހެ އެވެ. 

އިއްޔެ މެންދުރު 12:12 ގައި މަރުވެފައި ވަނީ އުމުރުން 67 އަހަރުގެ ފިރިހެނެކެވެ. އެމީހާ މަރުވެފައި ވަނީ އައިޖީއެމްއެޗުގެ އީއާރުގައި ފަރުވާދެމުން ދަނިކޮށް ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް