ads
ސެވިއްޔާގެ ލޫކަސް އޮކަމްޕޯސް
ޔުނައިޓެޑާ ދެކޮޅަށް ސެމީގައި ސެވިއްޔާ
ޔޫރޮޕާ ލީގުގައި ސެމީ ފައިނަލްގައި މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅޭނެ ޓީމަކަށް ސްޕެއިންގެ ސެވިއްޔާ ހޮވިއްޖެ އެވެ.

ސެވިއްޔާ ސެމީއަށް ދިޔައީ ކުއާޓާ ގައި އިނގިރޭސި ވުލުވްސް ބަލިކޮށްގެނެވެ.

މުބާރާތުގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފައިވާ ސެވިއްޔާ ވުލްވްސްގެ މައްޗަށް ކުރި ހޯދީ އެއް ލަނޑު ސުން ލަނޑުންނެވެ.

ސެވިއްޔާ އިން މެޗުގައި ޖެހި ހަމައެކަނި ގޯލު މެޗު ނިމެން ގާތްވެފައިވަނިކޮށް ޖެހީ އާޖެންޓީނާގެ ލޫކަސް އޮކަމްޕޯސް އެވެ. ސެމީގައި ސެވިއްޔާއާ ޔުނައިޓެޑްގެ މެޗު އޮންނާނީ އާދިއްތަ ދުވަހުގެ ރޭއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް