ads
ޔޫތް އެންޑް ސްޕޯޓްސް ކޮމިއުނިޓީ އެމްޕަވާމެންޓް މިނިސްޓަރު އަހްމަދު މަހުލޫފް—
ޒުވާނުންނަކީ މިއަދުގެ ލީޑަރުން: މަހުލޫފް
ޒުވާނުންނަކީ މާދަމާގެ ލީޑަރުން ނޫންކަމަށާއި އެމީހުންނަކީ މިއަދުގެ ލީޑަރުންކަމަށް ޔޫތް އެންޑް ސްޕޯޓްސް ކޮމިއުނިޓީ އެމްޕަވާމެންޓް މިނިސްޓަރު އަހްމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

ޒުވާނުންގެ ދުވަހުގެ ތަހުނިޔާ ދަންނަވަމުން މިނިސްޓަރު ވިދާޅުވީ އަބަދުވެސް ގަބޫލްކުރެވިފައި އޮންނަނީ ޒުވާނުންނަކީ މާދަމާގެ ލީޑަރުންކަމަށެވެ. އެހެންނަމަވެސް މިއަދުގެ ހަގީގަތަކީ ޒުވާނުންނަކީ މިއަދުގެ ލީޑަރުންކަން މަހުލޫފް ފާހަގަކުރެއްވި އެވެ. 

މަހްލޫފް ވިދާޅުވީ ޒުވާނުންގެ ދުވަސް މިއަދު އަޅުގަނޑުމެންނާއި ބައްދަލުކުރިއިރު ކޮވިޑް-19 ގެ ސަބަބުން މުޅިގައުމަށްވެސް ވަރަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދުވަސްވަރެއް ކަމަށެވެ. މިދިޔަ އަހަރުގެ ޒުވާނުންގެ ދުވަސް ވަރަށް ކުލަގަދަ ގޮތެއްގައި ނ. ވެލިދޫގައި ފާހަގަކުރެވިފައިވާކަން ފާހަގަ ކުރައްވާ މަހުލޫފް ވިދާޅުވީ އެހެންނަމަވެސް މިއަދު ކުރިމަތިވެފައިވާ ގޮންޖެހުންތައް ވަރަށް ބޮޑުކަމަށެވެ.

މަހުލޫފް ވިދާޅުވީ މިގޮންޖެހުންތަކުން އަރައިގަތުމަށް ޒުވާނުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭކަމަށެވެ. އަދި ގައުމު ކުރިއަށް ގެންދިއުމަށް ޒުވާނުންގެ ބައިވެރިވުން މުހިންމު ކަމަށާއި ސަރުކާރުގެ ވިސްނުމަކީ އަދި ސިޔާސަތަކީވެސް ޒުވާނުންގެ ބައިވެރިވުމާއި އެކީ ކުރިއަށް ދިއުން ކަމަށެވެ.

މަހުލޫފް އިތުރަށް ފާހަގަކުރެއްވި ގޮތުގައި ޒުވާނުންގެ ބޮޑު ކަންބޮޑުވުންތަކެއްވެސް އެބަ ހުރިކަމަށާއި އެކަންކަން ހައްލުކުރުމަށް ޒުވާނުންނާއި އެކީ ޒުވާނުންގެ ހިޔާލު ހޯދައިގެން ކުރިއަށްދާން ނިންމާފައިވާ ކަމަށެވެ. 

މަހުލޫފް ވިދާޅުވީ މިހާރުވެސް ސަރުކާރުން ޒުވާނުންނަށް އަމާޒުކޮށްގެން ތަފާތު އެކިކަހަލަ ކަންކަން ރާވާ ހިންގަމުންދާ ކަމަށެވެ. 

އަދި އޭގެ އިތުރުން އެކިއެކި ދާއިރާތަކުން ފުރުސަތު އިތުރަށް ތަނަސްވަސްކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެކަމުގެ ޔަގީންކަންވެސް މަހުލޫފް ދެއްވާފައިވެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް