ads
ފޮޓޯ: އަވަސް އޮންލައިން
މަރުގެ ހާދިސާއާއި އެކު ހުޅުމާލޭގެ މަގުތައް އަލިކުރަން ފަށައިފި
މަރުގެ ހާދިސާއާއި އެކު ހުޅުމާލޭގެ މަގުތައް އަލިކުރުމުގެ މަސައްކަތްތަކެއް އެޗްޑީސީން ފަށައިފިއެވެ.
މަރުގެ ހާދިސާއާއި އެކު ހުޅުމާލޭގެ މަގުތައް އަލިކުރުމުގެ މަސައްކަތްތަކެއް އެޗްޑީސީން ފަށައިފިއެވެ.

އދ. މާމިގިއްޔަށް އުފަން އުމުރުން 59 އަހަރުގެ ގާސިމް ހަސަން ރޭ އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ހާދިސާއާއި ގުޅިގެން އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެފަދަ ހިތާވެރި ހާދިސާތައް މަދުކޮށް ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ރައްކާތެރިކަން އިތުރުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެގޮތުން ހުޅުމާލޭގެ މަގުތައް އިތުރަށް އަލި ކުރުމަށްޓަކައި މަގު ބައްތި ހަރު ކުރުމުގެ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އަދި ފާހަގަވާ ބައެއް މަގުތަކުގައި އިތުރު މަގު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ގުޅިގެން ހުޅުމާލޭގެ ރައްކާތެރިކަން އިތުރުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.

އެގޮތުން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި 48 ސީސީޓީވީ ކެމެރާ ހަރުކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 25 ކެމެރާއަކީ ފުލުހުންނަށް އެންމެ އެކަށީގެންވާ ސަރަހައްދުތަކުގައި ހަރު ކުރެވުނު ކެމެރާތަކެއް ކަމަށް އެޗްޑީސީން ބުނެއެވެ.

އަދި ބާކީ ހުރި 23 ކެމެރާއަކީ އާންމުންގެ ކަންތައްތައް ބެލުމަށްޓަކައި އެ ކުންފުނިން ހަރުކޮށްފައިވާ ކެމެރާތަކެއް ކަމަށާއި އެގޮތުން ޕާކުތަކާއި ބައެއް ޕާކިން ޒޯނުތައް ހިމެނޭ ކަމަށް އެޗްޑީސީން ހާމަކުރެއެވެ.

ހުޅުމާލޭގެ ރައްޔިތުންނަށް ފަހިދިރިއުޅުމެއް ފަހިކޮށްދިނުމަށްޓަކައި އެކި އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާކަން ފާހަގަކޮށް އެޗްޑީސީން ބުނީ ހިތާމަވެރި ހާދިސާތައް މަދު ކުރުމަށްޓަކައި ހުރިހާ ފަރާތްތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

ރޭގެ ހާދިސާގެ ކުރިންވެސް ހުޅުމާލޭގެ ސެންޓްރަލް ޕާކް އުތުރުން އޮންނަ ރީތިގަސްމަގުގެ އިރުމައްޗަށް އޮންނަ ބައެއްގައި ހުންނަ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭ ހާފްވޭ ހައުސް ކައިރީގައި ސެޕްޓެމްބަރު 29، 2017 ގައި ވެސް މީހަކަށް ހަމަލާދީ މަރާލާފައި ވެއެވެ. އެ ހަމަލާ ދިނީ ވެސް ރޭގަނޑުގެ ވަގުތެއްގައެވެ.

ކުރީގެ ހަމަލާ އާއި ރޭ ގާސިމް މަރާލުމުން ވެސް އާއްމުންގެ ކަންބޮޑުވުމަކީ ހުޅުމާލޭގެ މަގުތަކުގައި އެކަށީގެންވާ އަލި ކަން ނެތުމެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް