ads
އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ: ފޮޓޯ / ސަން
ދައުލަތް ބަނގުރޫޓޫވީ ރައީސް ސޯލިހު ނާގާބިލު ކަމުން: އަދުރޭ
ދިވެހި ދައުލަތް ބަނގުރޫޓުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނާގާބިލު ކަމުން ކަމަށް ޕީއެންސީގެ ރައީސް އަބުދުއްރަހީމް އަބުދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ ދިވެހި ދައުލަތް އިގްތިސޯދީ ގޮތުން އަޑި އަޅާލާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަމަލުކޮށްފައިވާ ގޮތުންނާއި ނުދެއްކޭ ވަރަށް ބޮޑެތި އަދަދުތަކުން ލޯނު ނަގާފައިވާތީ ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދައުލަތުގެ ދަރަނީގެ މިންވަރު ސާފުނުވާ ކަމަށާއި ފިނޭންސް މިނިސްޓްރީގައި މިހާރު ހުރި ހިސާބުތަކާއި ރައްޔިތުންގެ މަޖިލީހުގައި ހުރި ހިސާބުތަކާ ދިމާނުވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހަށް ހުށަހެޅުއްވި މައްސަލައިގެ ބަހުސްގައި އާޒިމް ވިދާޅުވީ، ކުރީ ސަރުކާރުން މުޅި ދިވެހި ދައުލަތް ދަރުވާލާފައި ވާކަމަށެވެ.

އަދި ދަަރަނި އަދާ ނުކުރެވޭ ވަރަށް ބޮޑެތި އަދަދު ތަކުން ބޭރު ގައުމުތަކުން ލޯނު ނަގާފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމްގެ މިވާހަކަތަކަށް ރައްދުދެއްވަމުން އަބްދުއްރަހީމް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ދިވެހި ދައުލަތް ބަނގުރޫޓުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙުގެ ނާގާބިލް ކަމުގެ ސަބަބުން ކަމަށެވެ.

ރާއްޖޭގެ އިގްތިސޯދު އަޑި އަޅާލީ ދައުލަތުގެ ޚަޒާނާއިން އިންތިހާއަށް ވައްކަން ކުރާތީ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. ޑޮލަރުގެ އަގު މައްޗަށް ދިޔައީ އިގްތިޞާދު މެނޭޖްކުރަން ނޭގުމުން ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަދި މީ އެމް.ޑީ.ޕީއިން ވެރިކަމާ ހަވާލުވާ ކޮންމެ ފަހަރަކުވެސް ކަން ހިނގާގޮތް ކަމަށާ މީ ފެންނަން އޮތް ހަގީގަތް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގެ ދަރަނީގެ ހިސާބުތައް އޮޅުން ފިލުވުމަށް ކުރީގެ ދެ ފިނޭންސް މިނިސްޓަރުން ކަމަށްވާ އަބްދުﷲ ޖިހާދާއި އަހުމަދު މުނައްވަރުގެ އިތުރުން މިހާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއްޔެ ވަނީ ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް