ads
ޕީވީސީ ހޮޅިތަކުގެ ފުރަތަމަ ޝިޕްމަންޓްގެ ކްލިއަރެންސް ހޯދުމުގެ މަސައްކަތް މާލޭ ބަނދަރުގައި މިހާރު ކުރިއަށްދަނީ——
ފުވައްމުލަކު ސިޓީގެ އެތެރޭ މަގުތައް ހެދުމަށް ބޭނުންވާ ޕީވީސީ ހޮޅިތަށް ލިބިއްޖެ
ފުވައްމުލަކު ސިޓީގެ އެތެރޭ މަގުތައް ހެދުމުގެ މަޝްރޫއުއަށް ބޭނުންވާ ޕީވީސީ ހޮޅިތަކުގެ ފުރަތަމަ ޝިޕްމަންޓްގެ ކްލިއަރެންސް ހޯދުމުގެ މަސައްކަތް މާލޭ ބަނދަރުގައި މިހާރު ކުރިއަށް ދާކަމަށް އެމްޓީސީސީ އިން ބުނެފި އެވެ.

އެމްޓީސީސީއިން ބުނީ މި މަސައްކަތައް ބޭނުންވާ އަދި އިތުރު ހަތަރު ޕީވީސީ ހޮޅި ޝިޕްމަންޓް ގެނައުމަށް ހަމަޖެހިފައިވާކަމަށެވެ.

އެމްޓީސީސީއިން މައުލޫމާތު ދޭގޮތުގައި ފުވައްމުލަކު ސިޓީގެ އެތެރޭ މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން 31 މަގުގެ 15،932 މީޓަރުގެ ސަރަހައްދެއް ތަރައްޤީކުރެވޭނެކަމަށާއި، އަދި 122،659 ސްކުއެއާ މީޓަރުގެ ސަބް ބޭސް ހެދުމުގެ މަސައްކަތް ކުރެވޭނެއެވެ. 

މީގެ އިތުރުން 95،239 ސްކުއެއާ މީޓަރުގެ ތާރު އެޅުމާއި، ފައިމަގުގައި ހިނގާ ސަރަހައްދެއް ހެދުން ހިމެނޭކަމަށްވެސް އެމްޓީސީސީއިން ބުނެއެވެ.

އެމްޓީސީސީއިން އިތުރަށް ބުނީ މަގުތަކުގައި ބައްތި ހަރުކުރުމާއި އަދި ފެން ހިންދާ ނިޒާމު މަސައްކަތް މި މަޝްރޫއުގެ ދަށުން ކުރިއަށް ދާނެކަމަށެވެ.

މި މަޝްރޫއަކީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ހަތަރުވަނަ ދުވަހު، 279.4 މިލިއަން ރުފިޔާއަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް