ads
ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރި އަބްދުﷲ ރަޝީދު
ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރަކު އައްޔަނުކޮށްފި
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ޑިރެކްޓަރުންގެ ބޯޑަށް އަބްދުﷲ ރަޝީދު ހަމަޖައްސައިފި އެވެ

ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރެއްވީ ސ. ހުޅުދޫ ކަޅުމަގިގޭ އަބްދުﷲ ރަޝީދެވެ. ކޮމާސް އިން ފުރަތަމަ ޑިގްރީ ހާސިލުކުރައްވާފައިވާ އަބްދުﷲ ރަޝީދު އެމަގާމަށް އައްޔަންކުރައްވާފައި މިވަނީ ކުރިން ބޯޑު މެމްބަރު ކަމުގައި ހުންނެވި މަރިޔަމް ވަހީދާ، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އައްޔަން ކުރެއްވުމާއެކު ޕީއެސްއެމްގެ ބޯޑުން މެމްބަރަކު ހުސްވުމުންނެވެ. 

އަބްދުﷲ ރަޝީދު ވަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ އިތުރުން އެންވަޔަރަމަންޓް އަދި އެލައިޑް އިންޝުއަރެންސްގައި ވެސް މަަސައްކަތް ކުރައްވާފަ އެވެ. އަދި ބައެއް އަމިއްލަ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވާފައިވެ އެވެ. 

އަދި އޯލެވެލް އިމްތިހާނުން އެއް ވަނަ ވެސް ހޯދި އަބްދުﷲ ރަޝީދު ވަނީ އޭލެވެލްގެ ގަދަ ދިހައެއްގައި ވެސް ހިމެނިފަ އެވެ.

އަބްދުﷲ ރަޝީދުގެ އިތުރުން ޕީއެސްއެމްގެ ބޯޑު މެމްބަރުންގެ ގޮތުގައި ތިއްބަވަނީ ޗެއާމަން އިބްރާހީމް ހިލްމީ އާއި މެނޭޖިން ޑިރެކްޓަރު އަލީ ހާލިދުގެ އިތުރުން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަހީމާއި ޑިރެކްޓަރު އަލީ މިދުހަތެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް