ads
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު—
އައްޑު އަތޮޅު މީހުން ތިބެންޖެހެނީ ކޮންމެވެސް ރިސޯޓެއްގެ އެދުއަޅަން: ޖާބިރު
އައްޑުއަތޮޅު މީހުން ތިބެންޖެހެނީ “ޕެންޓަރީ ބޯއި” ގޮތުގައި ކޮންމެވެސް ރިސޯޓެއްގެ އެނދުއަޅަން ކަމަށް ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖާބިރު ވަނީ އައްޑު އަތޮޅުގައި ބޮޑެތި ފުލައިޓް ޖެއްސުމުގެ ބޭނުމަކީ ކޮބާތޯ ސުވާލުކުރައްވާފައެވެ. ޖާބިރު ވިދާޅުވީ އެތާގައި އެކަމެޑޭޝަންވެސް ނެތްކަމަށާއި އެތާގައި ހުރިތަކެތި މާލެ ގެނައިކަމަށް އަޑުއިވޭކަމަށެވެ. 

އައްޑޫއަތޮޅު މީހުން ތިބެންވާނީ ކޮންމެވެސް ރިސޯޓެއްގެ އެދުއަޅަންތާ، ޕެންޓަރީ ބޯއީންނަށް. މާލޭގެ ގެދެރޮ ކުއްޔަށް ހިފައިގެން ގެދޮރު ހަދާދީފައި، ވަކި ހިސާބަކުން ކޯޓުމެދުވެރިކޮށް އަތުލާ”

ޖާބިރު ވިދާޅުވީ އައްޑު އަތޮޅާއި، ހުވަދު އަތޮޅު އަދި ފުވައްމުލައް ތަރައްގީ ކުރުމުގެ ޕުލޭނެއް އޮންނަންވާނެ ކަމަށެވެ. އެހެންނަމަވެސް އަނެއްކާވެސް ސަރުކާރުން އިންވެސްޓްކުރަމުންދަނީ މާލެއާއި މާލެ ވަށައިގެންވާ ތަންތަން ތަރައްގީ ކުރުމަށް ކަމަށެވެ. 

ޖާބިރު ވިދާޅުވި ގޮތުގައި ވަރަށް ޖަޒީރާވަންތަ ރާއްޖެއެއް އޮންނަންވާނެކަމަށް ދައުވާ ކުރާ އެމްޑީޕީއިން ވިސްނަނީ އެއާޕޯޓްވެސް އޮންނަން ނުޖެހޭނެ ކަމަށް ކަމަށާއި އުޅެންޖެހޭނީވެސް ދޯނީގައި ކަމަށެވެ. ޖާބިރުވަނީ އައްޑޫ އަތޮޅު ތަރަައްގީކުރަން ވައުދުވި ޕާޓީއަަށް އެކަން ނުވީ ކީއްވެތޯވެސް ސުވާލުކުރައްވާފައެވެ. ޖާބިރު ވިދާޅުވީ އައްޑު އަތޮޅު ތަރައްގީކުރަން ވައުދުވަނީ އެމްޑީޕީއިން ކަމަށެވެ. 

އައްޑޫއަތޮޅު ތަރައްގީކުރަން ވައުދުވަނީ އެމްޑީޕީއިން އެންމެ ބާރަށްވެސް. އަޅުގަނޑުމެން އެމްޑީޕީއަށް ތާއީދު ކުރީވެސް އެމަސައްކަތް އެމަގުން ގެންދާނެ ކަމަށް.”

ޖާބިރު ވިދާޅުވީ މިއަދާ ހަމައަށްވެސް ފެނިގެންދިޔައީ އެއްވެސް ތަރައްގީއެއް އައްޑޫއަށް އައިސްފަ ނުވާތަންކަމަށެވެ.

އަދި އައްޑޫ މީހުން އަންބާ ކިޔާ ކޮންމެ ފަހަރަކު އެމްޑީޕީ ވެރިކަން ގެންނަން ދެކުނުން ވަރަށް ބާރަށް ނިކުންނާނެ ކަމަށާއި، ވެރިކަން ހޯދިފައިވަނީވެސް ދެކުނުން ވަރަށް ބާރަށް ނިކުމެގެން ކަމަށް ޖާބިރު ވިދާޅުވިއެވެ. އެހެންނަމަވެސް އައްޑުއަތޮޅު ތަރައްގީކުރުމަށް މާސްޓަ ޕްލޭނެއްނެތި ހަމައެކަނި އެއާޕޯޓްތަށް ތަރައްގީކޮށްގެން ކަމަކު ނުދާނެކަމަށާ އައްޑޫ އަތޮޅު ތަރައްގީވެފައި އޮންނަންވާނީ ސީދާ މަކާއޯ ފެންވަރަށްކަމަށް ޖާބިރު ވިދާޅުވިއެވެ. 

ޖާބިރު ވިދާޅުވީ އައްޑޫ އަތޮޅުތަރައްގީ ނުކުރެވިގެން އުޅެނީ މާލޭގައި ސެންޓަރަލް ކޮންޓުރޯލް އޮތުމުން ކަމަށެވެ. އަދި ތަނަކަށް ސިޓީއެއްގެ ދަރަޖަ ދީފައިއޮތަސް އަދި އެތަން ސިޓީއަކަށް ނުވާނެކަމަށްވެސް ޖާބިރު ވިދާޅުވިއެވެ. 

“ސިޓީއެކޭ ކިޔާ ބަހައްޓާފައި ސިޓީ ދަރަޖަ މިދިނީ ކޯޗަކަށްތޯ؟ ސިޓީއޭ ބުނުމަކުން އަދި ސިޓީއަކަށް ނުވާނެ. ސިޓީއަކަށް ވާންޖެހޭ ވަސީލަތްތަށްވެސް ގާއިމް ކުރެވެންޖެހޭނެ.

ޖާބިރު ވިދާޅުވީ އައްޑޫ ސިޓީ ތަރައްގީ ކުރެވިއްޖެނަމަ މާލެއަށްވެސް ލޯޑް ކުޑަވާނެކަމަށާއި އަދި ހަރަދުވެސް ކުޑަވާނެކަމަށެވެ. ހަމައެކަނި މާލެ ސެންޓަރަލް ޒޯންކޮށްގެން މާލެއާއި މާލެ ވަށައިގެންވާ ތަންތަން ތަރައްގީ ކުރީމައި ދަނީ އެކޮނޮމިކް ޑިސްޓްރިބިއުޓް ނުކުރެވި ކަމަށް ޖާބިރު ވިދާޅުވިއެވެ. 

ޖާބިރު އިތުރަށް ވިދާޅުވީ އައްޑޫގެ ބިން ހިއްކަން ނުޖެހޭނެކަމަށާއި އައްޑޫގައި ބިން އެބައޮތްކަމަށެވެ. އަދި އައްޑޫއާއި ހުޅުމީދޫގައި ބުރިޖެއް ނާޅަނީ ކީއްވެތޯވެސް ޖާބިރުވަނީ ސުވާލު ކުރައްވާފައެވެ.  އަދި މީގެ އިތުރުން އައްޑޫގައި މީހުންމަރުވާ ނުރައްކާތެރި ލިންކުރޯޑެއް އަޅާފައި އޮތީ ކީއްވެތޯވެސް ޖާބިރު ސުވާލު ކުރައްވާފައިވެއެވެ.

މިއަދުގެ މަޖިލީހުގައި ޖާބިރުވަނީ މާލޭ ސެންޓަރަލް ޒޯންއަކަށް ހަދާގެން ހަމައެކަނި މާލެއާއި މާލެ ވަށައިގެންވާ ތަންތަން ތަރައްގީކޮށްފައި އައްޑޫ ތަރައްގީ ކުރުމަށް މާސްޓަ ޕުލޭނެއް ސަރުކާރުން ނުގެންގުޅޭކަމަށް ބުނެ ސަރުކާރަށާއި އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް