ads
މިހާތަނަށް 2 ގޭބިސީއެއްގައި މި ފެނަލްތަށް ހަރުކޮށްދެވިފައިވޭ—
ގްރީންލައިފް އިނިޝިއޭޓިވްގެ ދަށުން ވިއްކާ ސޯލާ ޕެނަލްތައް ހަރުކޮށްދޭން ފަށައިފި
ގްރީންލައިފް އިނިޝިއޭޓިވްގެ ދަށުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ވިއްކަމުން އަންނަ ސޯލާ ފެނަލްތައް އިންސްޓޯލްކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ސްޓެލްކޯއިން ބުނީ ގްރީންލައިފް އިނިޝިއޭޓިވްގެ ދަށުން އެކުންފުނިން ވިއްކަން ފަށާފައިވާ ސޯލާ ޕެނަލްތަކުގެ ފުރަތަމަ އިންސްޓަލޭޝަންގެ މަސައްކަތް މިހާރު ވަނީ ނިމިފައިވާ ކަމަށާއި އެގޮތުން ހެޔޮ އަގެއްގައި އިންސްޓޯލްމަންޓަށް ވެސް ލިބޭ އެ ސޯލާ ޕެނަލްތަކުގެ ސަބަބުން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރެވިގެންދާނެ ކަމަށެވެ. 

ސެޓެލްކޯގެ ސީނިއާ މެނޭޖަރު އަހްމަދު އިބްރާހިމް ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިހާތަނަށް 2 ގޭބިސީއެއްގައި މި ފެނަލްތަށް ހަރުކޮށްދެވިފައި ވާކަމަށެވެ. އެއީ ހުޅުމާލެއާއި މާލޭގެ ގެއެއް ކަމަށް އަހްމަދު ވިދާޅުވި އެވެ. 

އަހްމަދު ވިދާޅުވީ ހެޔޮ އަގެއްގައި އިންސްޓޯލްމެންޓްކޮށް މަސްތަކަށް ބަހާލާގެންވެސް މި ސޯލާ ޕެނަލްތަކަށް ފައިސާ ދެއްކިދާނެކަމަށެވެ. އަދި ސޯލާ ޕެނަލްތައް ހަރުކޮށްދިނުމާއި ހަމައަށް ކޭބަލް އެޅުމާއި އެހެންވެސް ކަންކަން ހިލޭ ސްޓެލްކޯގެ ފަރާތުން މި ހިދުމަތް ބައްލަވާގަންނަ ފަރާތްތަކަށް ފޯރު ކޮށްދޭނެކަމަށެވެ. 

your imageސޯލާ ޕެނަލްތަކުގެ ފުރަތަމަ އިންސްޓަލޭޝަންގެ މަސައްކަތް މިހާރު ވަނީ ނިމިފައި---

އަހްމަދު އިތުރަށް ވިދާޅުވީ ސޯލާ ޕެނަލްތަކުގެ ސަބަބުން ކަރަންޓަށް ކުރާ ހޭދަ ވަރަށް ބޮޑުތަން ކުޑަކުރެވިގެންދާނެ ކަމަށާއި، ކަރަންޓް ބިލަށް 2000 ރުފިޔާ ދައްކާ ފަރާތްތަކުން އެ ސޯލާ ސިސްޓަމް ބޭނުންކުރާނަމަ ގާތްގަނޑަކަށް 600 ވަރަކަށް ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ.

ސްޓެލްކޯއިން ގްރީންލައިފް އިނިޝިއޭޓިވްގެ ދަށުން ސޯލާ ޕެނަލްތަށް އެންމެ ފުރަތަމަ ތައާރަފްކޮށް އިއުލާންކޮށްފައިވަނީ އެ ކުންފުންޏަށް 70 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިދިޔަ އަހަރު ބޭއްވި ހަފްލާގެ ތެރެއިންނެވެ. 

އެހެންނަމަވެސް މި ހިދުމަތް ފޯރުކޮށްދިނުމަށް ލަސްތަކެއްވެގެން ގޮސްފައިވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުންނެވެ. މިހާރު ސެޓެލްކޯއިން ސޯލާ ޕެނަލްތައް ހަރުކުރަން ފަށާފައިވާއިރު ސެޓެލްކޯއިން ބުނީ މި ހިދުމަތް ބޭނުންވާ ފަރާތްތަކަށް ހިދުމަތް މިހާރު ސްޓެލްކޯއިން ލިބެން ހުންނާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް