ads
ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގަނީ-- ފޮޓޯ: ސީއެންއެމް
އިތުރު 143 މީހުން ޕޮޒިޓިވްވެއްޖެ
ރާއްޖެ އިން އިތުރު 143 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މައުލޫމާތުދޭ ގޮތުގައި އިއްޔަގެ އިރުއޮއްސި 06:00 އިން މިއަދު ގެ އިރުއޮއްސި 06:00 އާއި ހަމައަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި 87 ދިވެހިން ހިމެނޭ ކަމަށެވެ. 

އޭގެ އިތުރުން ބަންގްލަދޭޝްގެ 40 މީހުންނާއި އިންޑިއާގެ 10 މީހުންގެ އިތުރުން ނޭޕާލްގެ ތިން މީހުންނާއި ސްރީލަންކާގެ ދެމީހުންނާއި މިސްރުގެ އެކަކު އެވެ. 

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 140 މީހުން ޕޮޒިޓިވްވެފައި ވަނީ މާލެ އިންނެވެ. އަދި ތިން މީހުން ޕޮޒިޓިވްވެފައި ވަނީ އަތޮޅުތެރެއިން ނެވެ. 

މިއަދު މި ޕޮޒިޓިވްވި މީހުންނާއި އެކު ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 5366 އަށް އަރާފަ އެވެ. 

އެކްޓިވް ކޭސްތަކުގެ ގޮތުގައި 2461 މީހުން ބައްޔަށް ފަރުވާ ހޯދަމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. 

ރާއްޖެ އިން ބަލި ޖެހުނު މީހުންގެ ތެރެއިން 2884 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް