ads
ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވަނީ---
ފެސިލިޓީތަކަށް ނުގެންދެވި އަދިވެސް 334 މީހުން!
އައިސޮލޭޝަން ފެސިލިޓީތަކަށް ނުގެންދެވި 300 އަށް ވުރެ ގިނަ މީހުން މިހާރު އެބަ ތިބި ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އައިސޮލޭޝަން ފެސިލިޓީތަކަށް ނުގެންދެވިގެން ތިބި މީހުންގެ އަދަދު މިހާރު 334 މީހުން އެބަތިބި ކަމަށެވެ. 

ޑޮކްޓަރު ނަޒްލާ ވަނީ އުމުރުން ދުވަސްވީ މީހުންނާއި ހައި ރިސްކު މީހުން ފެސިލިޓީތަކަށް ގެންދަން މަސައްކަތް ކުރާ ކަމަށެވެ. އަދި މިވަގުތު ވެސް ހައިރިސްކު ކެޓަގަރީގެ މީހުން ފެސިލިޓީއަށް ނުގެންގޮސް ގޭގައި ތިބި ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. 

އައިސޮލޭޝަން ފެސިލިޓީތަކަށް މީހުން ގެންދިއުމުގައި ތަފާތު ސަބަބުތަކެއް އެބަ ހުރިކަމަށް އެޗްއީއޯސީ އިން ފާހަގަކޮށްފައި ވާއިރު، ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން އިތުރުވުމުން ވެސް ދަތިތަކާ ކުރިމަތިވާ ކަމަށް އެޗްއީއޯސީ އިން ފާހަގަ ކުރެ އެވެ. 

ޑޮކްޓަރު ނަޒްލާ ވަނީ ޕޮޒިޓިވްވާ ބައެއް މީހުން ގޭގައި ތިބި އެހެން މީހުން ޓެސްޓުކޮށް ނަތީޖާ ލިބުނީމަ އެމީހުންނާއި އެކު ދާން ބޭނުންވެގެން ބައެއް މީހުން ފެސިލިޓީތަކަށް ނުގޮސް މަޑުކުރާ ކަމަށެވެ. 

މިހާރު އެއާޓެކްސީގައި ގެންދެވެނީ 12 މީހުން ކަމުން ދުރުގައި ހުންނަ ފެސިލިޓީތަކަށް މީހުން ގެންދަން ޖެހޭތީ ވެސް ދަތިތަކާ ކުރިމަތިވާ ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.

ޑޮކްޓަރު ނަޒްލާ ވަނީ މިކަން ހައްލު ކުރުމަށް އާރުއާރުޓީގެ ވެލިކަލް އިތުރު ކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށް ވިދާޅުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް