ads
ޑރ. ނަޒްލާ---- ފޮޓޯ: އެންއީއޯސީ
މަރުވި ފަހުން އައިސޮލޭޝަނަށް ގެންދަން ގުޅުނީ އައިޖީއެމްއެޗުގައި އޮތްކަން ނޭނގޭތީ: ޑރ. ނަޒްލާ
ކޮވިޑް-19 ޖެހިގެން ރާއްޖެއިން މަރުވި ވިހި ވަނަ މީހާ، މަރުވި ފަހުން އައިސޮލޭޝަނަށް ގެންދިއުމަށް ގުޅުނީ އެމީހާއަށް އައިޖީއެމްއެޗުގައި ފަރުވާދެމުންދިޔަ ކަމުގެ މައުލޫމާތު ނުލިބޭ ކަމަށް ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެ އެވެ.

ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ވަނީ އިއްޔެ މަރުވި މީހާއާ ގުޅިގެން ކަން ހިނގާދިޔަ ގޮތުގެ ސަބަބުން އެމީހާގެ އާއިލާގެ ކިބައިން މައާފަށް އެދިވަޑައިގެންފަ އެވެ. 

އެކަމާއި ގުޅިގެން އިތުރަށް މައުލޫމާތު ދެއްވަމުން ޑރ. ނަޒްލާ ވިދާޅުވީ، އެމީހާ އައިސޮލޭޝަނަށް ގެންދިއުމަށް ގުޅާފައި ވަނީ މަރުވިތާ 30 އަކަށް މިނެޓު ފަހުން ކަމަށެވެ. އެގޮތަށް އެކަން ދިމާވީ 

"އާންމުކޮށް އަޅުގަނޑުމެން އުމުރުން ދުވަސްވީ މީހުން އައިސޮލޭޓްކުރަން ފުރަތަމަ ޕްރަޔޯރިޓީ ދިނުމުގެ ގޮތުން. އެ އުސޫލުން ޕްރަޔޯރިޓީ ލިސްޓަށްލެފިވައި ވަނީ. އެހެންނަމަވެސް ޕޭޝަންޓު އޮތީ އެވަގުތު އައިޖީއެމްއެޗުގައިކަން އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި ނުވާތީވެ،"

ޑރ. ނަޒްލާ ވިދާޅުވީ އެކަން ރަނގަޅުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން ސިސްޓަމުން އައިޖީއެމްއެޗުގައި ބާއްވައިގެން ޓެސްޓްކުރާނަމަ އެނގޭނެ ގޮތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ. އަދި އެފަދަ ކަމެއް ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވެސް ވިދާޅުވި އެވެ. 

އިއްޔެ މަރުވެފައި ވަނީ އުމުރުން 67 އަހަރުގެ މީހެކެވެ. އިއްޔެ މެންދުރު 12:12 ގައި އެމީހާ މަރުވެފައި ވަނީ އައިޖީއެމްއެޗުގެ އީއާރުގައި ފަރުވާދެމުންދަނިކޮށެވެ. 

އެމީހާ މަރާއެކު އާއިލާއިން ކަންބޮޑުވުން ފާޅުކޮށް ބުނެފައި ވަނީ އެޗްޕީއޭގެ ފަރާތުން ބޮޑުބޭބެ އައިސޮލޭޝަނަށް ގެންދިއުމަށް އޭނާގެ ދަރިފުޅަށް ގުޅާފައި ވަނީ ޖަނާޒާގެ ކަންކަން ކުރިއަށް ދަނިކޮށް ކަމަށާއި މުއާމަލާތް ކުރުމުގައި އެޗްޕީއޭ އިން ފެއިލްވުމުން އާންމުން އެމީހުންނަށް ކިޔަމަންތެރިވާނެ ކަމަށް އުއްމީދުކުރަނީ ކީއްވެތޯ އޭނާ ވަނީ ސުވާލު އުފައްދަ އެވެ. 

އެ އާއިލާގެ ކަންބޮޑުވުންތަކަށް ބަލާއިރު ޕޮޒިޓިވްވި މީހުން ކަރަންޓީން ފެސިލިޓީއަކަށް ނުގެންދިއުމާއި ގޭގައި މޮނިޓަރިންގެ ނޯޓިސް ވެސް ނުހިއްޕާ ކަމަށް ވެ އެވެ. އަދި ޑައިރެކްޓް ކޮންޓެކްޓްވި ފަރާތްތައް ވެސް ޓެސްޓް ނުކުރާކަމަށް ވަނީ ބުނެފަ އެވެ.

މިފަހަކަށް އައިސް މީހުން ކަރަންޓީން ފެސިލިޓީޓަކަށް ގެންދިއުމުގައި ބޮޑެތި ލަސްތަކެއް ދިމާވެފައިވާއިރު ހައި ރިސްކް މީހުން ވެސް ޓެސްޓް ނުކުރާ ކަމަށް ބުނެ އެވެ. މިރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ޑރ. ނަޒްލާ ވިދާޅުވީ އެގޮތަށް އެކަން ދިމާވަނީ ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ ކަމަށާއި މައްސަލަ ހައްލުކުރަން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް