ads
ޑރ. ނަޒްލާ ރަފީގް--
ކޮވިޑާއި ގުޅޭ މައުލޫމާތު ޝެއާ ކުރުމުގެ ކުރިން ސައްހަކަން ކަށަވަރުކުރޭ: ޑރ. ނަޒްލާ
ކޮވިޑް-19 އާ ގުޅިގެން ސޯޝަލް މީޑިއާގައި ނުރަނގަޅު މައުލޫމާތުތައް ފަތުރަމުން އަންނާތީ އެކަމަށް ސަމާލުވުމަށް ޑރ، ނަޒްލާ ރަފީގް ރައްޔިތުންނަށް އިލްތިމާސްކުރައްވައިފި އެވެ.

ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، ކޮވިޑާއި ގުޅިގެން ފެތުރެމުންދާ ހަބަރުތައް ޝެއާކުރުމުގެ ކުރިން އެއީ ރަނގަޅު ސައްހަ މައުލޫމާތުތޯ ކަށަވަރުކުރުމަށް ފަހު ނޫނީ ޝެއާ ނުކުރަން އެދޭ ކަމަށެވެ. 

އެގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ އޮތީ ރައްޔިތުންނަށް ކޮވިޑާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތުތަކާއި ސައްހަ މައުލޫމާތުތައް ވެސް ފޯރުކޮށްދޭން ކަމަށާއި އަދި އެކަމާއި ގުޅޭ އިރުޝާދުތައް ވެސް ދެމުންދާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ. 

"އެހެންވީމަ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އިރުޝާދުތަކާއި އެއްގޮތަށް އަމަލުކުރުން ވަރަށް މުހިއްމު. އަދި އަޅުގަނޑުމެންދޭ މައުލޫމާތަށް ބަރޯސާވެ އެގޮތަށް މައުލޫމާތުތައް ފެތުރުން ވެސް ވަރަށް މުހިއްމު،" ޑރ. ނަޒްލާ ވިދާޅުވި އެވެ. 

މީގެ ކުރިން ވެސް ކޮވިޑްގެ ކަންކަން ފެށިގެން އައިއިރު ވެސް ވަނީ ސައްހަ މައުލޫމާތުތޯ ކަށަވަރުނުކޮށް ޝެއާ ނުކުރަން އެދިފަ އެވެ. އޭރު ވަނީ ތަފާތު އެއްޗެހި ބޭނުންކުރުމުން ކޮވިޑުން ރައްކާތެރިވެވޭ ކަމަށް ބުނެ ސޯޝަލް މީޑިއާަގައި ޕޯސްޓްތައް އާންމުވެފަ އެވެ. 

އެކަމަކު މިހާރެކޭ އެއްގޮތަށް އޭރު ވެސް އެޗްޕީއޭ އިން އައީ އާންމުން ހޭލުންތެރިކުރުމުގެ މަސައްކަތް ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރަމުންނެވެ. އަދި އެފަދަ އެއްޗެހި ބޭނުންކޮށްގެން ބަލިން ރަނގަޅުވާކަން އެނގޭނެ ސައިންޓިފިކް ހެކި ލިބިފައި ނުވާ ކަމަށް ވެސް ދިޔައީ ބުނަމުންނެވެ. އަދި ކޮވިޑާއި ގުޅޭ މައުލޫމާތު ދިނުމަށް މިހާރު ވެސް އަންނަނީ ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް