ads
ފޮޓޯ: ރައީސް އޮފީސް
ޖަޕާނުގެ ސަފީރު ރައީސް ސާލިހުއާއި ބައްދަލުކުރައްވައިފި
ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި ޖަޕާނުގެ ސަފީރާއި ރައީސުލްޖުމްހޫރިއްޔާ ވަނީ އިޔާދަކުރަނިވި ހަކަތައިގެ ޓެކްނޮލޮޖީއާ އިގްތިސޯދީ ދާއިރާއިން ރާއްޖޭގެ ތަރައްގީއަށް ޖަޕާނުގެ އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވަނީ ކުރިމަގުގައި ދެ ގައުމުގެ ގުޅުން އިތުރު ދާއިރާތަކުން ފުޅާކުރެއްވުމަށް މަސައްކަތްކުރައްވާނެކަން ހާމަކުރައްވާފައެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޖަޕާނުގެ އައު އެމްޕެރާ ރަސްމީގޮތުން ތަހުތަށް އިސްކުރެއްވުމުގެ އިހުތިފާލުގައި ބައިވެރިވެ ވަޑައިގެންނެވުމަށް އެމަނިކުފާނުގެ ދެކަނބަލުން ދާދިފަހުން ޖަޕާނަށް ކުރެއްވި ދަތުރުފުޅުގައި ޖަޕާނު ސަރުކާރުން ބެހެއްޓެވި ގާތްކަމާއި ދެއްވި އެއްބާރުލެއްވުމަށް ޖަޕާނު ސަރުކާރަށް ޝުކުރުވެސް އަދާކުރެއްވިއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް