ads
ޝުޝާންތާއި ޝިދާތު
ސުޝާންތުގެ އެންމެ ގާތް އެކުވެރިޔާއަށް ވެސް ބޮޑެތި ތުހުމަތުތަކެއް!
ބޮލީވުޑުގެ މަޝްހޫރު ތަރި، ސުޝާންތު ސިންގް ރާޖުޕުތުގެ އެންމެ ކައިރި އެކުވެރިޔާ، ސިދާތު ޕިތާނީއަށް ސުޝާންތުގެ އާއިލީ ވަކީލު، ވިކާސް ސިންގް ތުހުމަތުތަކެއްކޮށްފި އެވެ.

ސުޝާންތު މަރާލިކަމުގެ ތުހުމަތު ރިއާއަށް ކުރަމުން އަންނައިރު ސުޝާންތުގެ އާއިލީ ލޯޔަރު ސިދާތުގެ މައްޗަށް ކުރަނީ، ރިއާއަށް އެހީތެރިކަމުގެ ތުހުމަތެވެ. 

އިންޑިއާގެ ނޫހަކަށް ލޯޔަރު ވިކާސް ބުނި ގޮތުގައި، ސިދާތަކީ ވަރަށް "އިންޓެލިޖެންޓް ކްރިމިނަލް" އެކެވެ. އެގޮތުން ސުޝާންތުގެ މައްސަލަ ފުލުހަށް ހުށަހަޅައިގެން ބެލުމުގެ ކުރިން ސިދާތު އައީ ސުޝާންތުގެ އާއިލާއަށް ކޮންމެ ދުވަހަކު ގުޅިކަމަށާއި އެމީހުންނަށް އެހީވާން ވެސް މަަސައްކަތް ކުރި ކަމަށް ބުންޏެވެ. އެކަމަކު ފުލުހަށް މައްސަލަ ހުށަހެޅުމާއެކު އޭނާ އަންނަނީ ރިއާއަށް އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް ބުންޏެވެ. 

އެގޮތުން ރިއާއަށް އޭނާ މެއިލްތައް ކުރަމުން އަންނަ ކަމަށާއި އެފަދަ ގޮތަކަށް މައްސަލާގައި ތުހުމަތު ކުރެވޭ މީހަކާ މުއާމަލާތް ކުރުމަކީ ޝައްކު އިތުރުވާކަމެއް ކަމަށް ވެސް ވަކީލު ބުންޏެ އެވެ. 

އެ ތުހުމަތުތައް އޭނާގެ މައްޗަށް ކުރުމުގެ ކުރިން ސިދާތު މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ވަނީ "އަހަރެންގެ އެކަކުވެސް މި ދުނިޔޭގައި ނެތޭ" ސުޝާންތު ބުނި ކަމަށާއި އަދި އޭނާ ބޭނުންވީ ސިޓީގެ ދިރިއުޅުން ދޫކޮށް ދަނޑުވެރިކަމުގެ މަސައްކަތް ކުރަން ކަމަށް ބުނެފަ އެވެ.

ސުޝާންތު ފަހުން ފަހުން ވަރަށް ހިތާމައިގައި އުޅުން ދުވަސްކޮޅެއް ދިޔަކަން ފާހަގަކުރިޔަސް ރިއާގެ މައްޗަށް އޭނާ އެއްވެސް ތުހުމަތެއް ނުކުރެ އެވެ. އެކަމަކު ސުޝާންތުގެ ގޭގައި މަަސައްކަތް ކުރަމުން އައީ މީހުން ވެސް ވަނީ ސުޝާންތުގެ ދިރިއުުޅުން ބަދަލުވީ ރިއާއާއެކު ޔޫރަޕް ދަތުރެއް ގޮސްފައި އައިފަހުން ކަމަށް ބުނެފަ އެވެ. 

ސުޝާންތުގެ ބައްޕަ، ކޭކޭ ސިންގް ވަނީ މިދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހު، ރިއާ އާދެކޮޅަށް ފުލުހުންނަށް މައްސަލައެއް ހުށަހަޅާފަ އެވެ. 

ޕަތްނާގައި ދިރިއުޅޭ ސުޝާންތުގެ އާއިލާ އިން ތުހުމަތު ކުރަނީ، އޭނާ އަމިއްލައަށް މަރުވީ ރިއާ އޭނާއަށް ފައިސާގެ ގޮތުން ހިޔާނާތްތެރިވުމާއި ނަފްސާނީ ގޮތުން ވެސް ތަފާތު ދުއްތުރާތައް ކުރުމުން ކަމަށެވެ. މިއީ ސުޝާންތުގެ މަރުގެ މައްސަލާގައި އޭނާގެ ބައްޕަ ފުލުހަށް މައްސަލައެއް ހުށަހެޅި ފުރަތަމަ ފަހަރެވެ. 

ރިއާގެ އިތުރުން، އޭނާގެ އާއިލާއަށް ވެސް ސުޝާންތުގެ ބައްޕަ ވަނީ އެ ތުހުމަތުތައްކޮށްފަ އެވެ. އެކަމަކު ރިއާ ވަނީ ތުހުމަތުތައް ދޮގުކޮށްފަ އެވެ. 

މިދިޔަ ޖުލައި މަހުގެ ތެރޭގައި ސުޝާންތު މަރުވެފައި ވަނީ އޭނާ މުމްބާއީގައި ދިރިއުޅޭ ގޭގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް