ads
ރިއާ އާއި ސުޝާންތު--
ސުޝާންތުގެ ދެކެ ވަރަށް ލޯބިވިން، އަދި ވަކިވެދިއުމުން ދެރަވޭ: ރިއާ
ސުޝާންތުގެ ދެކެ ވަރަށް ލޯބިވި ކަމަށާއި ވަކިވެ ދިއުމުން ވަރަށް ދެރަވާކަމަށް ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކްރަބޮތީ ބުނެފިއެވެ.

ބޮލީވުޑު ތަރި ސުޝާންތުގެ މަރާ ގުޅިގެން އެންމެ ބޮޑު ތުހުމަތުތަކެއް ކުރެވިފައިވަނީ ސުޝާންތުގެ ލޯބިވެރިޔާ ރިއާ ގެ މައްޗަށެވެ. ރިއާ ސުޝާންތު އާ ދޭތެރޭ ކަންކޮށްފައިވަނީ ވަރަށް ގޯސްކޮށްކަމަށް ބުނެ ރިއާ ވަރަށް ބޮޑަށް ދަނީ ފާޑު ކިޔަމުންނެވެ. ބައެއް މީހުން ދަނީ ރިއާ މަރުގެ އިންޒާރު ދެމުންކަމަށް ވެ އެވެ.

ސުޝާންތުގެ މަރަށްފަހު ރިއާއަށް ކުރެވެމުންދާ ތުހުމަތުތަކުގެ ސަބަބުންނާއި އަންނަމުންދާ މިފަދަ އިންޒާރުތަކުގެ ސަބަބުން އޭނާވަނީ މިހާރު އޭނާގެ މަށްޗަށް މިކުރެވޭ ތުހުމަތުތަކުގެ މައްސަލަ ކޯޓަށް ހުށަހަޅައި އެމައްސަލަ ދަނީ ސުޕްރީމް ކޯޓުން ބަލަމުންނެވެ.

އަދި ބޮލީވުޑު ތަރި ސުޝާންތު ގެ މަރާ ގުޅިގެން ރިއާ ގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ މައްސަލަވެސް މިހާރު ދަނީ ސުޕްރީމް ކޯޓުން ބަލަމުންނެވެ. މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ރިއާގެ ފަރާތުން އޭނާގެ ވަކީލު ޝްޔާމް ދިމަން ވަނީ ރިއާގެ ބަޔާން އިއްވާފައެވެ. އެގޮތުން މި މައްސަލައިގައި ރިއާ ބުނެފައިވަނީ އޭނާގެ ބޮލުގައި އަޅުވާފައިވަނީ ދޮގު ތުހުމަތެއް ކަމަށެވެ. އަދި އޭނަ ސުޝާންތު ދެކެ ވަރަށް ލޯބިވިކަމަށާއި ސުޝާންތު މަރުވުމުން ވަރަށް ދެރަވެ ހިތާމަކުރާކަމަށްވެސް އޭނާ ބުނެފައިވެއެވެ. ރިއާ ބުނީ އެހެން ނަމަވެސް އޭނާގެ ބޮލުގައި އަޅުވާފައިވަނީ ދޮގު ތުހުމަތުތަކެއް ކަމަށެވެ.

މީގެއިތުރުން ރިއާގެ ވަކީލް ވަނީ އިންތިހާބު ކައިރިވެފައިވާތީ މި މައްސަލައިގެ އަސްލު އޮޅުވާލަން ސިޔާސީ ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ތުހުމަތުކޮށްފައެވެ. 

ސުޝާންތުގެ މަރަށް ދެ މަސްވެފައިވާއިރު އަދި މިމައްސަލާގައި ގޮތެއް ނިންމާފައެއް ނުވެެއެވެ. ސުޝާންތު މަރުވެފައިވަނީ އަމިއްލައަށްކަމަށް ކުރިން ފުލުހުން ބުނެފައި ވީނަމަވެސް އާންމުންގެ ޑިމާންޑުތަކާއި އާއިލާ ފަރާތުން މި މަރަކީ ބަޔަކު ހިންގާފައިވާ ޖަރީމާއެއްކަމަށް ބުނެ މިމައްސަލަ އިތުރަށް ތަހުގީގު ކުރުމަށް އެދިފައިވާތީ މިކަން އަންނަނީ ސީބީއައި އިންވެސް މިހާރު ތަހުގީގު ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް