ads
ދިވެހި ޤައުމީ ޓީމް
ކޮވިޑުގެ ނުރައްކަލާ ހެދި ގައުމީ ޓީމުގެ މެޗުތައް އަނެއްކާވެސް ފަސްކޮށްފި
ކޮވިޑުގެ ނުރައްކަލާ ހެދި ގައުމީ ޓީމު، ވޯލްޑްކަޕް ކޮލިފައިން އަދފި އޭޝިއަން ކަޕް ކޮލިފައިންގައި ކުޅެން ޖެހޭ މެޗުތައް އަނެއްކާވެސް ފަސްކޮށްފިއެވެ. މި ފަހަރު މެޗުތައް ފަސްކުރީ އަންނަ އަހަރަށެވެ.

ކުރިން ތާވަލުކޮށްފައި އޮތް ގޮތުންނަމަ މިއީ މި އަހަރު މާޗް މަހާއި ޖޫން މަހު ކުޅެން އޮތް މެޗުތަކެވެ. އެހެންނަމަވެސް މި އަހަރުގެ އޮކްޓޫބަރު އަދި ނޮވެމްބަރުގައި ކުޅެން ތާވަލު ކުރުމަށް ފަހު މިހާރު އަނެއްކާ އަންނަ އަހަރަށް ފަސްކުރީއެވެ. މެޗުތައް ކުޅޭނެ ތާރީޚުތަކެއް އަދި ނުނިންމައެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ އަށް ދެން ބާކީ އޮތީ ތިން މެޗެވެ. އެއީ ރަށުންބޭރުގައި ޗައިނާ އާއި ފިލިޕީންސާ ދެކޮޅަށް ކުޅޭ މެޗާއި މާލޭގައި ސީރިއާއާ ބައްދަލުކުރާ މެޗެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް