ads
އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް: ފޮޓޯ މަޖްލިސް
ފައްޔާޒުގެ އިތުބާރު ނެތް ވާހަކައަކީ ކުޅޭ ޑްރާމާއެއް: ޝިޔާމް
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މަޖިލީހަށް ވެއްދުމަށް ކުރަމުންދާ މަސައްކަތަކީ "ޑްރާމާ" އެއް ކަމަށް ނައިފަރު ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕީޕީއެމްގެ ނައިބް ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ ޝިޔާމް ވިދާޅުވީ ފައްޔާޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އުޅޭކަމަށް ދައްކަމުންދަނީ ސަރުކާރުގެ ނާގާބިލުކަމުގެ ނާޖާއިޒު ފައިދާ ނަގާ ބައެއްގެ ދަންމަޅިތަކެއްގައި ބޮޑު އިތުރުވަމުންދާތީ ރައްޔިތުންގެ ފޯކަސް ގެއްލުވާލުމުގެ ގޮތުން ކަމަށެވެ. 

އަދި ގައުމުގެ މިސްރާބު ހުރީ ނުކިއްސަރުކޮށް ކަމަށް ވިދާޅުވެ، ޝިޔާމް ވަނީ ރައްޔިތުން ހޭލުމަށް ވެސް ގޮވާލައްވާފަ އެވެެ.

އެމްޑީޕީގެ ބައެއް މެމްބަރުން އިސްވެ ތިއްބަވާ، ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށްޓަކައި ސޮއި ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު އެ މައްސަލަ ވެއްދުމަށް އެންމެ ފުރަތަމަ ސޮއި ކުރައްވާފައި ވަނީ އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށް މައުލޫމާތު ލިބެ އެވެ. 

އެކަމަކު މަސައްކަތް ފެށުމާއެކު އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ވަނީ މިނިސްޓަރުގެ ދިފާއުގައި ތެދުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް