ads
ދިވެހި މަސްވެރިން -- ފޮޓޯ: ސޯޝަލް މީޑިއާ
މަސްދޯނި ފަހަރުގައި ވެސަލް މޮނިޓަރިންގް ސިސްޓަމް ހަރުކުރަން ފަށައިފި
މަސްވެރިކަން ކުރާ އުޅަނދުފަހަރުގައި ވެސަލް މޮނިޓަރިންގް ސިސްޓަމް ހަރުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ފިޝަރީޒް މިނިސްޓްރީ އިން ބުނީ މަސްވެރިކަން ކުރާ އުޅަނދުފަހަރުގައި ވެސަލް މޮނިޓަރިންގް ސިސްޓަމް ހަރުކުރުމުން އުޅަނދު ހަރަކާތްތެރިވަމުންދާ ސަރަހައްދު ވަގުތުން ޓްރެކްކޮށް ބެލައިލެވޭނެ ކަމަށެވެ. 

މިނިސްޓްރީ އިން ބުނީ މި މަޝްރޫއު އަކީ ވޯލްޑް ބޭންކްގެ "ސަސްޓައިނަބަލް ފިޝަރީޒް ރިސޯސަސް ޑިވޮލޮޕްމަންޓް ޕްރޮޖެކްޓް" ގެ ދަށުން އެ ބޭންކުގެ އެހީ އާއި އެކު ކުރިއަށްގެންދާ މަޝްރޫއު އެއް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ލައިސަންސް ލިބިފައިވާ މަސްވެރިކަން ކުރާ އުޅަނދުފަހަރުގެ ތެރެއިން މިކަމަށް އެދި ހުށައަޅާ އުޅަނދުތަކުގައި ކަނޑައެޅިފައިވާ އުސޫލުގެ ދަށުން، ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ހިމެނޭ ވެސަލް ލޮކޭޓިންގް ޑިވައިސް ހަރުކުރުމުގެ މަސައްކަތް ކުރިއަށްދަނީ އުރީދޫ މޯލްޑިވްސް އާއެކު ކަމަށް މިނިސްޓްރީ އިން ބުނެ އެވެ. 

މިނިސްޓްރީ އިން ބުނީ ވެސަލް މޮނިޓަރިންގް ސިސްޓަމް ހަރުކުރުމުގެ މި މަޝްރޫއުއަކީ މަސްވެރި އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކޮށް، ބައިނަލްއަގްވާމީގޮތުން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެމަތިން ދިވެހި މަސްވެރިކަމަކީ ބެލެހެއްޓޭ ނިޒާމެއްގެ ތެރެއިން ކުރިއަށްގެންދާ މަސްވެރިކަމަކަށް ހެދުމަށްޓަކައި، ފެއްޓެވި މަޝްރޫއެއް ކަމަށެވެ. 

your imageފޮޓޯ: ފިޝަރީޒް މިނިސްޓްރީ

ވެސަލް ލޮކޭޓިންގް ޑިވައިސް ހަރުކުރުމުގެ ފުރަތަމަ ފިޔަވަހީގެދަށުން ޑިވައިސް ހަރުކުރުމަށް ހަމަޖެހިފައިވަނީ ލައިސަންސް ލިބިގެން ދޮށީގެ މަސްވެރިކަމުގައާއި ބޮޑުކަންނެލީގެ އަތުނަނުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރުގައި ކަމަށް މިނިސްޓްރީ އިން ބުނެ އެވެ.  

މިނިސްޓްރީ އިން ބުނީ މި ޕްރޮގްރާމްގެ ދަށުން، ވެސަލް މޮނިޓަރިންގް ސިސްޓަމް އުޅަނދުފަހަރުގައި ހަރުކުރުމުގެ އެންމެހާ މަސައްކަތެއް ހަވާލުކޮށްފައިވާ ފަރާތަކީ އުރީދޫ މޯލްޑިވްސް ކަމަށްވާތީ މިސިސްޓަމް އުޅަނދުފަހަރުގައި ހަރުކުރުމުގެ އެންމެހާ މަސައްކަތެއް ކުރިއަށްގެންދާނީ އޫރީދޫ މޯލްޑިވްސްއިން ކަމަށެވެ. އެހެންކަމުން، ލައިސަންސް ނަގައިގެން މަސްވެރިކަން ކުރާ އުޅަނދުފަހަރުން މި ހިދުމަތުގައި ރެޖިސްޓަރީ ވުމަށް އެ މިނިސްޓްރީގެ ވެބްސައިޓް ގައިވާ ފޯމު ފުރައި އޫރީދޫގެ އީމެއިލް އެޑްރެސްއަށް ފޮނުވުމަށް މިނިސްޓްރީ އިން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް