ހޮސްޕިޓަލަށް ގެންދިޔަ މީހަކު މަރުވެއްޖެ، ކޮވިޑަށް ޕޮޒިޓިވް
ފާތިމަތް އުދުމާ މަހުމޫދު
13 އޯގަސްޓް 2020 - 22:31:08
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ މީހަކު މަރުވެއްޖެ އެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން، ޑޮކްޓަރު ނަޒްލާ ރަފީގް ވިދާޅުވީ އައިޖީއެމްއެޗް އަށް ގެންދިޔަ އިރު މަރުވެފައި ވަނީ އުމުރުން ދުވަސްވީ މީހެއް ކަމަށެވެ.
ޑޮކްޓަރު ނަޒްލާ ވިދާޅުވީ މަރުވެފައި ވަނީ އުމުރުން 83 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އަދި އެމީހާ މަރުވުމުން އޭނާ ކޮވިޑް-19 އަށް ޓެސްޓު ކުރެވި ބައްޔަށް ޕޮޒިޓިވްވެފައި ވާކަމަށެވެ. އެހެން ނަމަވެސް މިއީ ކޮވިޑް ބަލީގައި މަރުވި މީހެއް ކަމެއް އަދި ކަނޑައެއްނާޅަ އެވެ.
އެޗްޕީއޭ އިން މިހާރު ކަނޑައަޅާފައިވާ އުސޫލުގެ ދަށުން މިގޮތަށް މަރުވާ ކޮންމެ މީހެއް ވެސް ކޮވިޑް-19 އަށް ޓެސްޓު ކުރެވެ އެވެ.
ރާއްޖެއިން ކޮވިޑް-19 ޖެހިގެން 21 މީހަކު މިހާތަނަށް މަރުވެފައި ވާއިރު، އޭގެތޭރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުން ނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް