ads
ނައިބް ރައީސް ފައިސަލް ނަސީމް———
ކަރެކްޝަންސް އަކީ އަމަންއަމާންކަން ގާއިމްކުރަންއޮތް މުހިންމު އިދާރާއެއް: ނައިބް ރައީސް
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަކީ ގައުމުގެ ހަމަޖެހުން ގާއިމް ކުރުމަށް އޮތް ވަރަށް މުހިންމު އިދާރާއެއްކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ނައިބް ރައީސް މިހެން ވިދާޅުވީ ކަރެކްޝަންސްއަށް 49 އަހަރު ފުރުމުގެ މުނާސަބަތުގައި ތަހުނިޔާ ދަންނަވާ ފޮނުއްވި މެސެޖެއްގަ އެވެ. ނައިބް ރައީސް ވިދާޅުވީ ކަރެކްޝަންސްއަކީ މުޖުތަމައުގައި އަމަންއަމާންކަމާއި އިޖްތިމާއީ އަދާލަތު ގާއިމްކުރުމުގައި ވަރަށް މުހިންމު އިދާރާއެއް ކަމަށެވެ. 

އަދި އެއީ އަދުލްއިންސާފް ގާއިމް ކުރުމާއި ގާނޫނު ތަންފީޒްކުރުމުގައި ވެސް ވަރަށް މުހިންމު ދައުރެއް އަދާކުރާ އިދާރާއެއް ކަމަށް ނައިބް ފައިސަލް ނަސީމް ވިދާޅުވި އެވެ.

ނައިބް ރައީސް އިތުރަށް ވިދާޅުވީ ގައިދީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ އެމީހުންގެ ހައްގުތަށް ލިިިބިދިނުމާއިއެކު، ގައިދީންނަށް ބޭނުންވާ ތައުލީމާއި ތަމްރީންނު ދީގެން ބޭނުންތެރި ބައެއްގެ ގޮތުގައި މުޖުތަމައުއަށް ނެރެދިނުމަށް ކެނޑިނޭޅި ކަރެކްޝަންސްއިން މަސައްކަތް ކުރާ ކަމަށެވެ. 

އަދި އެމަސައްކަތަކުގެ އަގުވަޒަންކޮށް ކަރެކްޝަންސްގެ އެންމެހާއި މުވައްޒަފުންނަށާއި އެ އިދާރާގެ އޮފިސަރުންނަށް ޝުކުރު ދަންނަވާ ނައިބް ފައިސަލް ވަނީ ވިދާޅުވެފަ އެވެ. 

ކަރެކްޝަންސް އިން ދަނީ ގައިދީންނަށް ބޭނުންވާ ތައުލީމާއި ތަމްރީންނު ދީގެން ބޭނުންތެރި ބައެއްގެ ގޮތުގައި މުޖުތަމައުއަށް ނެރެދިނުމަށް މިހާރުވެސް މަސައްކަތްތަކެއް ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް