ads
މިނިސްޓަރު އޮޕް ހޯމްއެފެއާޒް އިމްރާން އަބްދު———
ކުށްވެރިން ބެލެހެއްޓުމަކީ ވަރަށް ނުރައްކާތެރި ވަޒީފާއެއް: އިމްރާން
ކުށްވެރިން ބެލެހެއްޓުމަކީ ވަރަށް ނުރައްކާތެރި ވަޒިފާއެއްކަމަށް މިނިސްޓަރު އޮޕް ހޯމްއެފެއާޒް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ހިދުމަތަށް 49 އަހަރު ފުރުމުގެ މުނާސަބަތުގައި ކަރެކްޝަންސްގެ ހިދުމަތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތަކަށް މިނިސްޓަރު ފޮނުވި ތަހުނިޔާ މެސެޖްގައި ވިދާޅުވީ ކުށުގެ ވެށިން ދިވެހިރާއްޖޭގެ ރައްޔިތުން ސަލާމަތްކުރުމަށް އަދި ރައްކާތެރިކަމާއި އަމާންކަން ގާއިމްކޮށްދިނުމަށް ކަރެކްޝަންސްގެ އޮފިސަރުން އަދާކުރައްވަނީ ވަރަށް ބުރަ ޒިންމާއެއް ކަމަށެވެ. 

އިމްރާން ވިދާޅުވީ ކޮންމެ ދުވަހަކުވެސް ކަރެކްޝަންސްގެ އޮފިސަރުން އެމީހުންގެ އަމިއްލަ ނަފްސު ނުރައްކަލަށް ހުށަހަޅައި އެކުރައްވާ ބުރަ މަސައްކަތަކީ އޭގެ އަގު އެންމެ ފުރިހަމަ ގޮތުގައި އަދާކުރައްވާކަމެއް ކަމަށެވެ.

މިނިސްޓަރު ފާހަގަ ކުރެއްވި ގޮތުގައި ކުރީގެ ފަލްސަފާއަށް ބަލާއިރު ކުށްވެރިން ބެލެހެއްޓުމުގެ ފަލްސަފާ މިއަދު ވަނީ ބަދަލުވެފަ އެވެ. އެގޮތުން މިއަދު އިންސާނީ ކަރާމަތަށް ރައްކާތެރިވެތިބެ ކުށްވެރިން ބަލަހައްޓަމުންދާއިރު އެމީހުން ރިހިބިލިޓޭޓްކޮށް އާންމު ސަލާމަތާ ރައްކާތެރިކަމަށް އެކަށީގެންވާގޮތުގައި ގައިދީން ރިހިބިލިޓޭޓް ކޮށް ނެރުމަކީ މިއަދުގެ ފަލްސަފާކަމަށް އިމްރާން ވިދާޅުވި އެވެ.  

މިނިސްޓަރު ވިދާޅުވީ އެހެންވުމުން ކުށްވެރިން ރިހިބިލިޓޭޓްކޮށް މުޖުތަމައުގެ އަހުލުވެރިންގެ ގޮތުގައި ނެރުމަށް ކަރެކްޝަންގެ ފަރާތުން ކުރަމުންދާ މަސައްކަތް ދަނީ ހަރުދަނާ ކުރަމުން ކަމަށެވެ.

އެގޮތުން އެކަމަށް ކުރެވޭ މަސައްކަތުގައި ކަރެކްޝަންސްގެ މިއަދުގެ ލީޑަޝިޕުން ސަރުކާރަށްދޭ އެއްބާރުލުމަށް މަރުހަބާ ކިޔާކަމަށާއި އުންމީދަކީ މިހާރު ކުރަމުންދާ ގިނަ މަަަސައްކަތްތަކުގެ ނަތީޖާއަކީ ކުށުގެ ވެށިން މި ރާއްޖޭގެ މުޖުތަމައު ސަލާމަތްކުރުމަށް އެޅިގެންދާ ފިޔަވަޅުތަކަކަށް ވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. 

މިނިސްޓަރު އިމްރާން އިތުރަށް ވިދާޅުވީ މިއަހަރު ޖަލުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަކުން ގައިދީން އިތުރަށް ރަނގަޅު ގޮތުގައި ރިހިބިލިޓޭޓްކުރެވި މުޖުތަމައުއަށް ނެރެވިގެންދާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް