ads
ހުޅުމާލޭގައި ހުންނަ ފިޔަވަތި-- ފޮޓޯ: ސަން
ފިޔަވަތީގައި ތިބި ކުދިންނަށް އަމާޒުކޮށްގެން ހާއްސަ ޕްރޮގްރާމެއް
ފިޔަވަތީގާއި ދިރިއުޅެމުންދާ ކުޑަކުދިންނަށް އަމާޒުކޮށްގެން ހާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް އިން ނިންމައިފި އެވެ.

އައިޔޫއެމް އިން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕްރޮގްރާމްގެ ނަމަކީ "އަހަރެމެން" އެވެ. 

އެ ޔުނިވާސިޓީ އިން މައުލޫމާތުދޭ ގޮތުގައި މި ޕްރޮގްރާމް އަކީ ފިޔަވަތީގައި ދިރިއުޅެމުންދާ ކުދިން އަކީ ވެސް ލޯތްބާއި އަޅާލުން ލިބިގެންވާ ކުދިންތަކެއްކަމުގެ އިހުސާސްތައް އުފައްދައި ޒިންމާދާރު، އުފެއްދުންތެރި މުސްތަގްބަލެއް އޮތް ކުދިބަޔެއްކަމުގެ އުންމީދާއި ހިތްވަރު އެކުދީންގެ ހިތްތަކުގައި އުފައްދައިދިނުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. 

އެ ޕްރޮގްރާމްގައި ފިޔަވަތީގައި ދިރިއުޅެމުންދާ ކުދިންގެ ތެރެއިން އުމުރުން 10 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިން ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށް އައިޔޫއެމް އިން ބުނެ އެވެ. 

އައިޔޫއެމް އިން ބުނީ މި ޕްރޮގްރާމް ހުށަހެޅުމުގައި އެ ޔުނިވާސިޓީގެ ފަރާތްތަކާއި ދީނީ، އިޖްތިމާއީ، ނަފްސާނީ ދާއިރާގެ އެކި އެކި މާހިރުން ކަމަށެވެ. އަދި ކޮންމެ ދުވަހެއްގެ ޕްރޮގްރާމްގައި ހިޔާރުކުރެވޭ މައުޟޫއަކާއި ގުޅޭ ގޮތުން އިބްރަތްތެރި، އަދި ކުޑަކުދީންނާ ގުޅޭ، އަދި އެ ދުވަހަކު ވާހަކަ ދެއްކި މައުޟޫއުގެ އަސާސީ ތީމާ ގުޅޭގޮތުން، ހިތްވަރާއި ނަސޭހަތުން ފުރިގެންވާ އިބްރަތްތެރި ވާހަކައެއް އެ ކުދިންނާއި ހިއްސާ ކުރެވޭނެ ކަމަށް އައިޔީއެމް އިން ބުނެ އެވެ. 

އެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ޒޫމް މެދުވެރިކޮށް ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 10:00 އިން 11:00 އަށް ކަމަށް އައިޔޫއެމް އިން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް