ads
އިންފޮމޭޝަން ކޮމިޝަނަރު -- ފޮޓޯ: ސޯޝަލް މީޑިއާ
ސަރުކާރު މުވައްޒަފުންގެ މުސާރަ އާއި އިނާޔަތް އާންމުކުރަން އަންގައިފި
ސަރުކާރުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އަންގައިފި އެވެ.

އިންފޯމޭޝަން ކޮމިޝަންގެ އޮފީހުން ބުނީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ހާމަކުރުމަށް އެ ކޮމިޝަނުން އެދުނީ މި ފަހަކަށް އައިސް ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ހޯއްދެވުމަށް އާންމު ފަރާތްތަކުން ބައެއް އިދާރާތަކަށް ހުށަހަޅުއްވަމުން އަންނަކަން ފާހަގަ ކުރެވިގެން ކަމަށެވެ. 

އަދި ދައުލަތުގެ ކޮންމެ އިދާރާއަކުން ވެސް، މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ވަކިވަކިން އެނގޭނެ ގޮތަށް އެ އިދާރާއެއްގެ ރަސްމީ ވެބްސައިޓުގައި ޝާއިއުކުރުމަށް އެ ކޮމިޝަނުން ވަނީ އަންގާފަ އެވެ. 

ކޮމިޝަނުން ބުނީ މިކަންތައް އަންގާ ދައުލަތުގެ ހުރިހާ އިދާރާ އަކަށް އެ ކޮމިޝަނުން ސިޓީ ފޮނުވާފައިވާނެ ކަމަށެވެ. 

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ގެ 37 ވަނަ މާއްދާގެ (ފ) ގައި ބަޔާންކޮށްފައިވާ ގޮތުގައި، ދައުލަތުގެ ކޮންމެ އިދާރާއަކުން ވެސް އެ އިދާރާއެއްގެ އެންމެހާ މުވައްޒަފުންނަށް ވަކިވަކިން ދެވޭ މުސާރަ އާއި އިނާޔަތް، އަހަރަކު އެއް ފަހަރު ނުވަތަ އެ އިދާރާއަކުން ކަނޑައަޅާ އެއަށް ވުރެ އަވަސް މުއްދަތެއްގައި އަމިއްލަ އިސްނެންގެވުމުގެ މަތިން ޝާއިއުކުރަން ޖެހެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް