ads
އައްޑޫސިޓީ ހިތަދޫ--
އެޗްޕީއޭގެ ގައިޑްލައިނާއި ހިލާފުވި އަންހެނަކު އައްޑޫ އިން ހައްޔަރުކޮށްފި
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކާއި ހިލާފުވި އަންހެނަކު އައްޑޫ ސިޓީ އިން ހައްޔަރުކޮށްފި އެވެ.

އެޗްޕީއޭ އިން ބުނީ އުމުރުން 35 އަހަރުގެ ދިވެހި އަންހެނަކު ކޯޓު އަމުރެއްގެ ދަށުން ސ. ފޭދޫން އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ. 

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާއި މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގުކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

އައްޑޫ އިން ވެސް ކޮވިޑްގެ ކޭސްތައް ފެނިފައިވާއިރު އެޗްޕީއޭ އިން ވަނީ ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިވުމުގެ ގޮތުން އަމަލުކުރާނެ ގޮތުގެ ގައިޑްލައިންތައް ނެރެފަ އެވެ. އަދި އެއަށް އަމަލުނުކުރާ މީހުންނަށް ފިޔަވަޅުތައް ވެސް ދަނީ އަޅަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް